މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-10-16 at 02.22.56

މިފަހަރު މިއޮތީ ކިނބުލެއް މިޔަރަކަށް ހޭއަރުވާލާފަ!

ކަނޑުގެ ދިރުންތަކުގެ ތެރެއިން މިޔަރަކީ ޝިކާރަ ކޮށްގެން ކައުމަށް އެންމެ މަޝްހޫރު އެއް ބާވަތެވެ. ކަނޑުގައި އުޅޭ މަސްމަހާމެހި ފަހާ އަތުލުމުގެ އިތުރަށް މަސްވެރިން މަސް ބާނަން އުޅޭއިރު ބުޅީގައި މަސް ގަތުމުން ވަރަށް ގިނަފަހަރު މިޔަރު އެމަހަށް ހަމަލާދީ މަސް ކާލައެވެ. މިފަދަ އެތައް ފޮޓޯތަކާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. މިފަހަރު މިއޮތީ އޭގެ އިދިކޮޅެވެ. ކަނޑުގައި ދާދާ ހެދި ހެދިގެން އުޅޭ މިޔަރަށް ކިނބުލެއް ހަމަލާދީ މިޔަރު ކާލާ މަންޒަރެވެ.

އޮސްޓްރޭލިޔާގެ އައްސޭރިފަށުގައި މަސްބާނަން ހުރި މަސްވެރިއެއްގެ ދޮށީގައި މަހެއްގަތުމުން އެ މަސް ނެގުމުގެ ކުރިން މިޔަރެއް އައިސް އެ މަސް ކާލަން އުޅުމުގެ ތެރޭގައި ބުޅީގައި އެޅެއެވެ. އަދި އޭރު ބުޅީގައި އޮތް މަސް ނެއްޓިގެން ސަލާމަތްވެއެވެ. މަސްވެރިޔާ މިޔަރު ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް ކުއްލިޔަކަށް ކިނބުލެއް އަރާ މިޔަރުގެ މެދުގައި ހިފައެވެ. ސަލާމަތްވާން އެތައް މަސައްކަތެއް ކުރިނަމަވެސް މިޔަރަށް ސަލާމަތެއް ނުވެވުނެވެ. ކިނބޫގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް މިޔަރު ގެންގެސް މިޔަރު ކާލިއެވެ.

ކިނބޫ މިޔަރު ކާލަނީ

މިވީޑިއޯ އާންމުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތައް ހާސްބަޔަކު ވަނީ މި ވީޑިއޯ ބަލާ މި ވީޑިއޯއަށް ކޮމެންޓް ކޮއްފައެވެ. އަދި އެތަށް ބަޔަކު މިސާލުބަހުންވެސް މި ވީޑިއޯއަށް ކޮމެންޓް ކޮއްފައިވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!