މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-10-17 at 05.46.50

ސަފާރީއެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ޒުވާން މަސްވެރިޔާ ސާޖިންގެ ފައި ބިނދިއްޖެ

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއް ސަލާމަތް ކުރަން މަސައްކަތްކުރަނިކޮށް ޒުވާން މަސްވެރިޔާ ހަސަން ސާޖިންގެ ފައި ބިންދައިގެންގޮސް އިތުރު އަނިޔާތައް ވެއްޖެއެވެ.

މިހާދިސާ ހިނގީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއް ނަގިލި ކަހާލައިގެން ގޮނޑުދޮށަށް ލެއްގުމުން އެހެން ދޯންޏެއްގެ އެހީގައި ސަފާރީ ފުން ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެދޯނިން ސަފާރީގައި ޖަހާފައިވާ ވާ ކަނޑައިގެންގޮސް ސާޖިންގެ ފައިގައި ޖެހިގެންނެވެ.

"އަޅުގަނޑު ރޭ ނިދަންއޮއްވަ ރައްޓެއްސަކު ގުޅާފަ ބުނީ ސަފާރީ މިއޮއް ލައްގަނީއޭ. ސަފާރީގައި ވާޖަހައިގެން ދަމާލާނެ ދޯންޏެއް ހޯދަދޭށޭ. އަޅުގަނޑު މިދަނީއޭ ބުނެފަ މާލެއިން ހުޅުމާލެއަށް ވަގުތުން ނައްޓާލިން. ހުޅުމާލެއަށް ގޮސް ދެތިން ދޯންޏަކަށް އަރާ އަހާލީމަވެސް ދޯނީގެ ވެރިފަރާ ނުގުޅޭތީ އެއްވެސް ދޯންޏެއް ސަފާރީ ކައިރިއަށްދާން އެއްބަސްނުވި. ދެން އަޅުގަނޑު ގުޅީ އެންސިސްގެ ޖީއެމް ހުސެއިންއަށް. ހުސެއިން ވަގުތުން އެސްސިސްގެ ދޯނި ހަމަޖައްސަދިން. ދެން އެދޯނީގައި ސަފާރީގާތަށް ގޮސް ސަފާރީގައި ވާޖަހާފަ ދަމާލި ތަނުން ވާ ކަނޑައިގެން އައިސް ފައިގަ ޖެހުނީ. ނަސީބަކުން ސަފާރީ ސަލާމަތް ވެއްޖެ." މަސްވެރިން އެމްވީއާ ވާހަކަދައްކަމުން ސާޖިން ބުންޏެވެ.

މިހާދިސާއަށްފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ސާޖިން އަށް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރުވަނީ ތްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!