މަސްވެރިކަމާއި ގުޅޭ

Turtle

ނުރައްކާތެރި ކަހަބެއް ފެނިގެން ސަލާމަތަށްޓަކައި ގެންދިޔައީ ގެއަށް!

އިނގިރޭސިވިލާތުގައި އާއްމުން ދިރިއުޅޭ ހިސާބުން ނުރައްކާތެރި ކަހަބުގެ ބާވަތެއް ކަމަށްވާ ' ސްނެޕިން ޓާޓަލް' އެއް ފެނިއްޖެއެވެ.
މި ކަހަބު ފެނުނީ ދަރިންނާއި އެކު ޓްރެންޓް ރިވާ ކައިރިއަށް ދިޔަ މީހަކަށެވެ. ކަހަބުގެ ދިގުމިނުގައި 50 ސެންޓިމީޓަރު ހުރި އިރު، ބަރުދަނުގައި 4 ކިލޯ ހުއްޓެވެ.

‎މި ކަހަބުގެ ފަރާތުން އާއްމުންގެ މީހަކަށް އަދި އެހިސާބުގައި އުޅޭ އެހެން ޖަނަވާރުތަކަށްވެސް ގެއްލުމެއް ވެދާނެ ކަމަށް ބަލާ މީހާވަނީ ކަހަބު ގެއަށް ގެންގޮސް ބާތު ޓަބަށް ލާފައެވެ.

. އެ މީހާވަނީ ކަހަބު ގެއަށް ގެންދިޔުމަށްފަހު އެޤައުމުގެ ' ދަ ރޯޔަލް ސޮސައިޓީ ފޮރ ދަ ޕްރިވެންޝަން އޮފް ކުރުއެލްޓީ ޓު އެނިމަލްސް'، އާރު.އެސް.ޕީ.ސީ.އޭ އަށް އެ ކަހަބާއި ގުޅޭގޮތުން ވަނީ ރިޕޯޓުކޮށްފައެވެ.

' ސްނެޕިން ޓާޓަލް' އަކީ ނުރައްކާތެރި ކަހަބުގެ ބާވަތެކެެވެ. އާއްމުގޮތެއްގައި ކެއުމަށް ބޭނުން ކުރަނީ އެހެން ޖަނަވާރާއި ދޫނި ސޫފާސުއިޕެވެ. ތޫނު ދަށްތަކެއް ހުންނަ މި ވަތްތަރުގެ ކަހަބަކީ ބާރަށް ދަށް އަޅާ އެއްޗެކެވެ.

މިހާރު މި ކަހަބުވަނީ ' ޓަރޓަލް ސެންޗުއަރީއަށް ގެންގޮސްފައެވެ. ބެލެވޭ ގޮތުގައި މި ކަހަބުގެ އުމުރަކީ 12 އަހަރެވެ. އާއްމުގޮތެއްގައި 100 އަހަރުވަންދެން މި ބާވަތުގެ ކަހަބު ދުނިޔޭގައި އުޅޭ ކަމަށް ރެކޯޑް ތަކުން ދައްކައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!