މަސްވެރިކަމާއި ގުޅޭ

B7CF65FF-8F96-4B1C-9B82-2E65DD1DA991

މިފްކޯގައި ވަޒީފާގެ ފުރުސަތުތަކެއް

މިފްކޯއިން ވަޒީފާގެ ފުރުސަތުތަކެއް ހުޅުވަލައިފިއެވެ.
މިފްކޯއިން އިޢުލާންކޮށްފައިވަނީ ސީނިއަރ ސުޕަވައިޒަރގެ މަޤާމަށާއި، ފޯރމަންގެ މަޤާމަށާއި، ޗީފް އޮފިސަރގެ މަޤާމްގެ އިތުރުން އެސިސްޓެންޓު ކުކްގެ މަޤާމަށެވެ.

މީގެތެރެއިން ސީނިއަރ ސުޕަވަރިޒަރގެ މަޤާމަށް މީހަކު ހޯދަން އިޢުލާންކޮށްފައިވަނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރުމަށެވެ. މި މަޤާމްގެ މުސާރައަކީ 10،480 ރުފިޔާއެވެ. އިތުރު ގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބޭނެ ކަމަށް ބުނެފައިވެއެވެ. ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ.

މިފްކޯއިން ޗީފް އޮފިސަރގެ މަޤާމަށް މީހަކު ހޯދަން އިޢުލަންކޮށްފައިވަނީ ބޭރު ދަތުރުކުރާ އެކުންފުނީގެ ބޯޓުގައި މަސައްކަތްކުރުމަށެވެ. މި ވަޒީފާގެ މުސާރައަކީ 41،310 ރުފިޔާެވެ. ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ. އެސިސްޓަންޓު ކުކްއެއްގެ ވަޒީފާއަށްވެސް މީހަކު ހޯދަމުން ދަނީ މިފްކޯގެ ބޭރު ދަތުރުކުރާ ބޯޓަކަށެވެ. މި މަޤާމްގެ މުސާރައަކީ 16،200 އެވެ. ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 އެވެ.

ފޯރމަންގެ ވަޒީފާއަށްވެސް މީހަކު ހޯދަމުން ދަނީ މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރުމަށެވެ. 6،760 ރުފިޔާގެ މުސާރައިގެ މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!