މަސްވެރިކަމާއި ގުޅޭ

dhoani making

މަސް ދޯނިފަހަރު ފަރުމާކުރުމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަކީ އަމާޒެއް: މާވަޑި ހާމިދު

ހއ. އިހަވަންދޫއަށް އުފަން އުމުރުން 24 އަހަރުގެ ހާމިދު ނަޝީދަކީ މަސްވެރިކަމުގައި ސީދާ ހަރަކާތްތެރިވާ ފަރާތަކަށް ނުވިޔަސް އޭނާ ދަނީ މަސް ދޯނިފަހަރުތަކުގެ ފަރުމާކުރުމަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހާމިދުގެ އާއިލާއަކީ މަސް ދޯނި ފަހަރު ބަނުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރާ ބައެކެވެ. އެގޮތުން އެ އާއިލާގެ ބޯޓު ޔާޑެއް އދ. މަންދޫގަައި ހުންނައިރު، ހާމިދުވެސްދަނީ އެތަނުގައި އޭނާގެ ބޮޑު ބޭބެމެންނާއެކު މަސައްކަތްކުރަމުންނެވެ.

މަސްވެރިން އެމްވީއަށް ދިން އިންޓަރވިއުއެއްގައި ހާމިދުވަނީ އޭނާ ބޯޓު ޔާޑުގައި ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ހާމިދު ބުނީ ބޯޑު ޔާޑުގައި އޭނާ ކުރާ މަސައްކަތަކީ ދޯނީގެ ސްޓްރަކްޗަރ އާއި ދޯނީގެ ޑިޒައިނަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން އެހީތެރިވެދިނުން ކަމަށެވެ.

ހާމިދުގެ އެހީތެރިކަމާއި އެކު ދާދިފަހުންވަނީ އެ އާއިލާގެ ދޯންޏެއް، ވަރަށް ޒަމާނީ ފެންވަރަށް ފަރުމާކޮށް، މިހާރު މަސްވެރިކަމުގައި ބޭނުން ކުރަން ފަށާފައެވެ.

"ނޯއާ ދޯނީގެ ތަފާތު ކަންތައްތަކުގެތެރޭގައި ހަމައެކަނި އިލެކްޓްރިކް ޕަމްޕު ހުންނާނީ، މީގެ ސަަބަބުން އަޑު ގަދަވުމާއި، ޕަމްޕުގެ ދުމާ، މިކަންތައްތަކުން ފަޅުވެރިން ސަލާމަތްކޮށް، ފަޅުވެރިންނަށް ވަރަށް ރަނގަޅު އެންވާރަމަންޓެއްގައި މަސައްކަތްކުރުމުގެ އިންތިޒާމް ދޯނީގައި ހުންނާނީ،" ހާމިދު ބުންޏެވެ.

ހާމިދު ބުނީ ނޯއާ ދޯނީގެ ފެންވައިރު ސިސްޓަމަކީ ޕްރައިމަރީ މެނިފޯލްޑަކުން އެކެއް ނުވަތަ އެކަކަށްވުރެ ގިނަ ޕަންޕަށް މޫދު ލޮނު ނެގުމަށްޓަކައި ފަރުމާކޮށްފައިވާ ނިޒާމެއް ކަމަށެވެ.

"މި ނިޒާމުގެ ތެރެއިން ލޯޕްރެޝަރ އަދި ހައިޕްރެޝަރ މެނިފޯލްޑުން މުޅިދޯންޏައް ބޭނުންވާ ލޮނުފެން އެއްމެ އެޔޯމިޔޯ ޕަންޕަކުން އެޅުމާއި ބޭރު ކުރެވޭނެ، މި ސިސްޓަމްވާނީ ހުރިހާ ޕަންޕަކަށްވެސް ގުޅާލެވިފައި، އަދި އެން ކައްޅިތަކަށް އަޅާ ލޮނުފެން ސަޕްލައި ކުރާނީ ލޯޕްރެޝަރ މެނިފޯލްޑްގެ ޒަރީއްޔާއިން، ހައިޕްރެޝަރ މެނިފޯލްޑްގެ އަސާސީ ބޭނުމަކަށް މަސްބާނާވަތު ފެންޖެހުމަށެވެ. އޯސީ ސިސްޓަމުގެ ސަބަބުން ދޯނި ފަހަރުގެ ހަލް އެކިތަންތަނުން ތޮރުފުން މަދުކޮށްދޭނެ، އަދި ހަރަދު ކުޑަ ރަގަޅު ގޮތަކަށް ފެންވަރުގެ ކަންތައްތަށް ނިމިގެނަދާނެ"، ހާމިދު ބުންޏެވެ.

ހާމިދު ބުނީ މިހާރުވެސް ބޯޓުޔާޑުގައި ކަންނެލި މަސްވެރިކަމަށް ބޭނުންކުރުމަށް ބަންނަ ތިން ދޯނި އެބައޮތް ކަމަށެވެ. އަދި އޭނާގެ ބޮޑުބޭބެމެންނާއި މަޝްވަރާކުރުމަށްފަހު އެ ދޯނިތަކުގައި ޒަމާނީ ޙިދުމަތްތަށް ޤާއިމްކުރުމަށް މަސައްކަތްކުރަމުންދާ ކަަމަށެވެ.

ހާމިދު ޑިގްރީއަށް ކިޔެވީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެހެން ނަމަވެސް ކިޔަވައި ނިމުނު އިރު، ކޯވިޑާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ އޮތީ ހުއްޓިފައެވެ. އެހެން ކަމުން އޭނާ ވިސްނީ މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދާށެވެ.

"ސީދާ މަސްވެރިކަމަށް ދާން ޖެހުނީ، ރާއްޖޭގައި މިހާރު އޮތީ ޓޫރިޒަމް އާއި މަސްވެރިކަން، ދެން ޓޫރިޒަމް ދާއިރާ ކުރިއަރަމުންދާއިރު، މަސްވެރިކަމުގެ ދާއިރާވެސް އެބަޖެހޭ ކުރިއަރަން، ދެން އާއިލާ އަކީވެސް މިކަމުގައި އުޅޭ އާއިލާއެއްވީމަ، ނިންމީ މިދާއިރާއިން ކުރިއަށްދާން،" ހާމިދު ބުންޏެވެ.

ހާމިދުގެ ބޭނުންވަނީ ތަފާތު ޒަމާނީ ބަދަލުތަށް ދޯނިފަހަރުތަކަށް ގެެނެސް، އެހެން ފަރާތްތަކަށްވެސް މިއީ ކުރެވިދާނެ ކަމެއްކަން ދައްކާ ދިނުން ކަމަށެވެ.

"ދޯނިފަހަރު ޑިޒައިންކޮށްފައި ހުންނަކޮށް ޒަމާނާ އެއްގޮތަށް ބަދަލުކޮށް، ދޯނި ރޯލް ނުކުރާގޮތަށް، ޑިޒައިންއަށް ބަދަލުގެނައުމަށް ރިސަރޗުތަކެއް ހަދަމުން މިދަނީ، މިހާރު ޔާޑުގައި އިންނާނެ، 37 ފޫޓުގެ ކުޑަ މޮޑެލް ދޯންޏެއް، އެއީ ބޮޑެތި ދޯނިފަހަރުތަކަށް ބަދަލުތަށް ގެނައުން އެއީ ފިސަބަލް ކަމެއްތޯ ބެލުމަށް ހަދާފައިން ދޯންޏެއް،" ހާމިދު ބުންޏެވެ.

މަސްވެރިކަން ކުރިއެރުވުމަށް މިފަދަ މަސްކަތްތަކަކީވެސް މުޙިއްމު މަސައްކަތްތަކެކެވެ. މިފަދަ ޒަމާނީ ދޯނި ފަހަރުތަކާއި އެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަން ޔަޤީނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!