މަސްވެރިކަމާއި ގުޅޭ

B405A8CB-F081-4B67-82E6-048EE1A5165A

މަހުގެ ދޫ ކާލުމަށްފަހު އަނގައިގައި އުޅޭ ޕެރެސައިޓެއް

ޓަންގް ބައިޓިންގ އައިސޯޕޮޑްސްއަކީ މަހުގެ އަނގައިގެ ތެރޭގައި ދިރިއުޅޭ ކުޑަ ޕެރެސައިޓެކެވެ.
މީތި މަހުގެ އަނގަޔަށް ވަނުމަށްފަހު، އަނގައިގެ ތެރޭގައި ހިއްޕާލައެވެ. އަދި އޭތީގެ ހަޔާތް ހޭދަ ކުރަނީ މަހުގެ އަނގެތެރޭގައެވެ. އޭގެ ދުލުގެ ގޮތުގައެވެ.
އައިސޯޕޮޑްސް ކެއުމަށް ބޭނުންކުރަނީ މަހުގެ އަނގައިގެތެރޭގައި ހުންނަ މިއުކަސްތަކާއި މަހުގެ ގައިގެ ލެއެވެ.
އާއްމުގޮތެއްގައި ކްރޯކާ، ސީ ޓްރައުޓު އަދި ފާނައިގެން ބާވަތްތަކުގެ މަހުގެ އަނގައިން މި ބާވަތުގެ އައިސޯޕޮޑްސް ފެނިފައި އެބަހުއްޓެވެ.

ދިރާސާއަކުން ދައްކާގޮތުން މިގޮތަށް އަނގައިގައި އައިސޯޕޮޑު ދިރިއުޅޭ މަސްތަކުގެ ހެދިބޮޑުވުމަށް ގިނަ އަަސަރުތަކެއް ކުރެއެވެ. އެގޮތުން ސައިޒުގެ ގޮތުން މަސް ކުޑަވުމާއި، ވަރުދެރަވުން ހިމެނެއެވެ. އެހެން ނަމަވެސް މިއީ އައިސޯޕޮޑު އަނގައި އުޅޭތީ ކެއުމަށް އުދަނގޫވެގެނެއް ނޫނެވެ. އެހެން ނަމަވެސް އޭގެ ސަބަބަކީ އައިސޯޕޮޑު އަނގައިގައި އުޅޭތީ މަހަށް ނޭވާލާން އުނދަގޫވާތީ ކަމަށް ސައިންސްވެރިންގެ ދިރާސާއިން ހާމަވެއެވެ.


މިފަދަ މަސްތަށް ގަލްފް އޮފް މެކްސިކޯ ކަނޑުން އާއްމުގޮތެއްގައި ފެނެއެވެ. ނަސީބަކުން އައިސޯޕޮޑްސްއަކީ އިންސާނުންނަށް ހަމަލާދޭ އެއްޗެއް ނޫނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!