މަސްވެރިކަމާއި ގުޅޭ

40ED004E-6C15-4DD0-B99C-AB068C92039A

ދުވާލެއްގެ މައްޗަށް އަލަށް 20 ދަތް ފަޅާ މަހެއް!

'ދަ ޕެސިފިކް ލިންގްކޮޑު' މަހުގެ އަނގައިގައި ދުވާލެއްގެ މައްޗަށް އަލަށް 20 ދަތް ފަޅާކަމަށް މިފަހުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ވަނީ އެނގިފައެވެ.
ސައިންޓިފިކް ޖަރނަލެއް ކަމަށްވާ، ' ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ ބީ' ގައި ޝާޢިރުކޮށްފައިވާ ދިރާސާ ކަރުދާޙުގައިވާގޮތުން، ދުވާލެއްގެ މައްޗަށް ލިންގްކޮޑު މަހުގެ އަނގައިން 20 ދަށް ވެއްޓެއެވެ. އަދި 20 ދަށް އިތުރަށް ފަޅައެވެ. ރުޅިގަދަ މަހެއްގެ ގޮތުގައި ބެލެވޭ ލިންގްކޮޑު މަހަކީ އޭގެ އަނގައިގައި ގިނަ އަދަދަކަށް ދަތް ހުންނަ މަހެކެވެ. އެގޮތުން އެމަހުގެ އަނގައިގައި 500 އަށްވުރެ ގިނަ ދަތް ހުރެއެވެ. މިމަހަކީ ކެއުމަށް ވަކި އެއްޗެއް ބޭނުންކުރާ މަހެއް ނޫނެވެ. އެގޮތުން އެހެން މަސްމަހާ މެއްސާއި، މޫދު ވިނަ ފަދަ އެއްޗެހި ކައި އުޅެއެވެ.

މި ދިރާސާގައި ބައިވެރިވި ސައިންޓިސްޓުން ބުނާގޮތުން، ލިންގްކޮޑު މަހުގެ އަނގައިގައި ދަތްތަށް ފަޅާ އަދަދާއި އެކު އެހެން މަސްމަހުގެ އަނގައިގައި ދަތްތަށް ފަޅާ ރޭޓާއި ގުޅޭގޮތުންވެސް އަންދާޒާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެހެން މަސްތަކުގެ އަނގައިވެސް ކޮންމެ ދުވަހަކު ދަތްތައް ފައިބަމުން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ހާމަކުރެއެވެ. ޕެސިފިކް ލިންގްކޮޑު މަހަކީ އާއްމުގޮތެއްގައި 4 ފޫޓަށް ބޮޑުވާ މަހެކެވެ. އަދި އެހެން މަސްތަކަށް ޝިކާރަކޮށް ހަދާ މަހެކެވެ. މި މަހަކީ، ނޯތު އެމެރިކާގެ ކަނޑުގެ ސަރަޙައްދުން ފެންނަ މަހެކެވެ. މިއީ ކެއުމަށްވެސް ބޭނުންކުރާ މަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!