މަސްވެރިކަމާއި ގުޅޭ

ނަރުވާ ހަނދި

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުފަށުގައްޔާއި އެތެރެވަރީގެ ކަނޑުތަކުގައި އުޅޭ މަހެކެވެ. މިބާވަތުގެ ކުދިމަސް ކަނޑުގައި އޮޔާދާ އެތިގަޑުގަޑުގެ ދަށުގައި ތިބެގެން ދަތުރުކޮށް އުޅެއެވެ. މިމަސް ގިނައިން ބޭނިފައި ހުންނަނީ ފައްތައިގެން ކުރާ ކެޔޮޅުކަމުގައެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މީރުމަހެކެވެ.  މިބާވަތުގެ ޅަމަހުގައި މަތީ ކޮތަރިބަޔާއި ބަނޑުދަށްފަރާތު ކޮތަރިބައިގައި ނަރުވާތަކެއް ވަރަށް ދިގުކޮށް ހުރެއެވެ. ނަމަވެސް ދުވަސްވީމާ ނަރުވާތައް ނެތި ހިގައިދެއެވެ. އެކަމަކު މަހުގެ ބަނޑުދަށްފަރާތު ކޮތަރިކައިގެ ފުރަތަމަ މަޑުކަށިތައް އެހެނިހެން ކަށިތަކަށްވުރެ މާދިގުކޮށް ހުންނަކަން ފާހަގަކުރެވެއެވެ.

މިމަސް އެންމެ ބޮޑުވަނީ 1.3 މީޓަރަށެވެ. މަހުގެ ބުރަކަށިމަތީގައި ކުރުކޮށްހުންނަ 7 ކަށިހުރެއެވެ. އަދި މިކަށިތަކުގެ ފަހަތަށް ވަކިން އެއްކަށްޓާއެކު 18
އާއި 22 އާ ދެމެދުގެ ޢަދަދަކަށް މަޑުކަށްހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރީގައި ވަކިންހުންނަ 2 ހަރުކަށްޓަށްފަހު އިތުރު 1 ހަރުކަށްޓާއި 18 އާއި 20 އާ ދެމެދުގެ އަދަދަކަށް މަޑުކަށިހުރެއެވެ. ނަރުވާހަނދީގެ ކުލައަކީ ރިހިކުލައެކެވެ. ނަމަވެސް މަހުގެ ބުރަކަށިމަތި ހުންނަނީ ގަދަ ނޫކުލައެއްގައެވެ. ނަރުވާހަނދީގެ ބޮޑެތިމަސް ގާތްގަޑަކަށް 100 މީޓަރު ފެނުގައި އުޅެއެވެ. މިމަހުގެ ކާނާއަކީ ކުދި ކަކުންޏާއި ޑިނގާފާޑުގެ ސޫތްޕާއި މަދުމަދުން ކުދިމަހެވެ.

އިނގިރޭސި ނަން: African pompano

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003

އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!