މަސްވެރިކަމާއި ގުޅޭ

SEA_TURTLES

މަރުވެފައިވާ 300 ވާވޮށި ވެލާ މެކްސީކޯއަށް ލައްގައިފި

މަރުވެފައިވާ 300 އެއްހާ ވާވޮށި ވެލާ މެކްސީކޯއަށް ލައްގައިފިއެވެ.

ވެކްސީގެ ހުޅަނގު އަސޭރީގެ ހިސާބެއް ކަމުގައިވާ މޮރޯ އަޔޫޓާއަށް ލެއްގި ވާވޮށި ވެލާތައް ( އޮލިވް ރިޑްލީ ސީ ޓަރޓަލް) މަރުވާން ދިމާވި ސަބަބެއް ކަމަށް ބެލެވެނީ ނޭވާ ހާސްވެގެން ކަމަށް އެޤައުމުގެ އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކުރެއެވެެ. އެގޮތުން އެ މިނިސްޓްރީގެ އޮފިޝަލެއްް މައުލޫމާތުދިން ގޮތުގައި މި ވެލާތަށް މަރުވެފައިވަނީ މޫދަށް ދޫކޮށްލާފައި ހުންނަ ދާތަށް، ނުވަތަ ގޯސްޓު ނެޓުތަކުގައި ޖެހި ތާށިވެގެން ކަމަށެވެ.

ވާވޮށި ވެލާއަކީ އިންޓަރނެޝަނަލް ޔޫނިއަން ފޮރ ދަ ކޮންސަރވޭޝަން އޮފް ނޭޗަރގެ 'ވަލްނަރަބަލް' ލިސްޓުގައި ހިމެނޭ ވެލައެކެވެ. އެގޮތުން މިވެލާގެ އާބާދީ ދަށްވަމުންދާއިރު، މި ބާވަތުގެ ވެލާ ބިސްއަޅަން ދަނީ މަދު ތާކަށެވެ.

މަރުވެފައިވާ ވެލާތަށް ލައްގާފައިވާ ބޯޗަކީ މި ވެލާތައް އާއްމުކޮށް ބިސްއަޅަން އަރާ ހިސާބެކެވެ. މަރުވެފައިވާ ހުރިހާ ވެލާތަކަކީވެސް އަންހެން ވެލާކަމަށް މި ވެލާތަށް ބެލި ކަމާއި ގުޅޭ މާހިރުން ހާމަކުރެއެވެ.

ވެލާ ހިފުމަކީ މެކްސިކޯގައި މަނާކަމެކެވެ. އެގޮތުން 1990 ވަނަ އަހަރު އަމަލްކުރަންފަށާފައިވާ މި ޤަވާއިދުގެ ދަށުން ވެލާ ހިފާ އަދި ވެލާ މަރާ މީހުންނަށް ހަރުކަށި ފިޔަވަޅުތައްދަނީ އަޅަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!