މަސްވެރިކަމާއި ގުޅޭ

މޮޅަދޫ ބޭރުގައި އެޅި ކަނދުފަތި
މޮޅަދޫ ބޭރުގައި އެޅި ކަނދުފަތި

ސްޕޯޓްސް ފިޝިންއަށާއި ވަދު މަސްވެރިކަމަށް ޚާއްޞަކޮށްގެން ފުރަތަމަ "ކަނދުފަތި" އަޅައިފި

ސްޕޯޓްސް ފިޝިންގއަށް އަށާއި ވަދުމަސްވެރިކަމަށް ޚާއްޞަކޮށްގެން ފުރަތަމަ "ކަނދުފަތި" އަޅައިފިއެވެ.

މިކަނދުފަތި އަޅާފައިވަނީ މިއަދު ހަނދުނު ހއ މޮޅަދޫ އާ ދިމާ 3 މޭލު ބޭރުންނެވެ. މިއީ މިފަދަ މަސްވެރިކަމަށް ޚާއްޞަކޮށްގެން އެޅި ފުރަތަމަ ކަނދުފައްޗެވެ.

މި ކަނދުފަތި އެޅި ވަގުތު އެ ދޯނީގައި ހުންނަވައިގެން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މިފަދަ ކަނދުފަތިތައް ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިގޮތުން އަތޮޅުތަކުގެ މީހުންނާ ވާހަކަދައްކައިގެން ކަނދުފަތިތައް އަަޅާނެ ސަރަހައްދުތައް ފާހަގަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ފައިސާގެ ތަނަވަސްކުރި މިންވަރަކުން ވީހާވެސް ގިނަ ކަނދުފަތު އެޅުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި އާންމުކޮށް އަޅާ ކަނދުފަތިތައް އަޅަނީ އަތޮޅު ދުނިން ފެށިގެން 12 މޭލާއި 16 މޭލާ ދެމެދުގައެވެ.

މަސްވެރިކަމުގެ ޤާނޫނާއި އެޤާނޫގެ ދަށުން ހެދިފައިވާ ޤަވާއިދުތައް ބުނާގޮތުން އޮއިވާލި ކަނދުފަތިތަކަކީ ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި ތަކެވެ. އަދި ކަނދުފަތި ވަށައިގެން 3 މޭލު ހިމެނޭ ސަރަހައްދުގައި ވަދުދެމުމާއި، ދިރޭ އެން ޖަހައިގެން ނަނު ފެއްތުމާއި ސްޕޯޓްސް ފިޝިންގައި އާންމުކޮށް ބޭނުންކުރާ މަސްބުރި ވަދު އުކުމާއި ޖިގު ކުރުން ފަދަ ކަންކަމަކީ މަނާ ކަންތަކެވެ. މި ޤަވާއިދުތައް މިހެން ހުރުމާއެކު ބޮޑުކަންނެލީގެ މަސްވެރިންނާއި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތި އެޅުމަށް އެފަރާތްތަކުން ދިޔައީ ގޮވަމުންނެވެ. ރާއްޖޭގައި އަލަށް 30 ކަނދުފަތި އެޅުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ނިންމާފައެވެ. މީގެތެރޭގައި ސްޕޯޓްސް ފިޝިންގއަށް ޚާއްޞަ ކަނދުފަތި ހިމެނޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މަސްވެރިންގެ ލާބައާ މަންފާއަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 56 އޮއިވާލި ކަނދުފަތި ވަނީ ހަރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!