މަސްވެރިކަމާއި ގުޅޭ

AAQoaGH

މިޔަރެއް ހަމަލާ ދިނުމުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފި

މިިޔަރެއް ހަމަލާ ދިނުމުގެ ހާދިސާއަކާއި ގުޅިގެން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ހުއްޓާލައިފިއެވެ.

އޮސްޓޮރޭލިއާގައި ހިނގި މި ހާދިސާގައި މިޔަރެއް ހަމަލާ ދިނުމުގެ ހާދިސާއަކާއި ގުޅިގެން ގެއްލިގެން ހޯދަމުން ދިޔައީ 57 އަހަރުގެ ޕައުލް މިލަޗިޕް ނަމަކަށް ކިޔާ މީހެކެވެ.

މޫދަށް އެރި އުޅުމުގައި އޭނާއަށް މިޔަރެއްް ހަމަލާދިން ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެއާ އެކު އެ ސަރަހައްދުގެ ފުލުހުންނާއި، ސަރފް ރެސްކިއު ހެލިކޮޕްޓަރުތަކުގެ އެހީގައި ވަނީ އޭނާ ހޯދުމުގެ މަސައްކަތްކޮށްފައެވެ. ޕައުލްއަށް މިޔަރު ހަމަލާ ދިން ކަމަށް ބެލެވޭ ކަނޑުގެ ސަރަޙައްދުން އޭނާގެ ގަގުލްވަނީ ފެނިފައެވެ.

މިޔަރު ހަމަލާ ދިނުމާއި އެކު އެސަރަޙައްދުގައި ތިބި ޒުވާނުންތަކެއް އޭނާއަށް އެހީވުމަށް މަސައްކަތް ކުރިއެވެ. އަދި މޫދަގައި އެވަގުތު ތިބި އެހެން މީހުންނަށް މިޔަރެއް އުޅޭތީ އެއްގަމަށް އެރުމަށް އިރުޝާދު ދިނެވެ.

ޕައުލް އަދި އޭނާގެ އަންހެނުން، ފޮޓޯ- އޮސްޓްރޭލިއާ ޕޮިލސް

ޕައުލްއަކީ އާއްމުކޮށްވެސް ފަތަން މޫދަށް ދާ މީހެކެވެ. އެގޮތުން ކޮންމެ ހަފްތާއަކުވެސް 2 ނޫނީ 3 ދުވަހު އޭނާ މުދަށް ދެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން އޮސްޓްރޭލިއާގައި މީހަކުވަނީ މަރުވެފައެވެ.

2019 ވަނަ އަހަރުގެ ހިސާބުތައް ދައްކާގޮތުން އޮސްޓްރޭލިއާއަކީ ދުނިޔޭގަައި ދެވަނައަށް އެންމެ ގިނަ އަދަދަކަށް މިޔަރުގެ ހަމަލާތައް ރެކޯޑު ކުރެވިފައިވާ ޤައުމެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާއެވެ. މިޔަރު ގިނައިން ހަމަލާދިފައިވަނީ ރާޅާ އަޅާ މީހުންނަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!