މަސްވެރިކަމާއި ގުޅޭ

BB1fDRWX

ކޯމަހާއި ގުޅޭ އާދަޔާ ހިލާފު އެތައް ކަމެއް!

ކޯމަހަކީ މޫދުގައި އުޅޭ މަސްތަކުގެތެރޭ އެންމެ އާދަޔާ ހިލާފް އެއް މަހެވެ. ރަޙުމަތްތެރި މިޒާޖެއް ލިބިފައިވާ މި މަމަކީ ވަރަށް ތޫނު ފިލި މަހެކެވެ. މިއީ އޮޅުކޮށްގެންވެސް ގެންގުޅެވޭ މަހެކެވެ.

ކޯމަހާ ގުޅޭ އާދަޔާ ހިލާފުބައެއް ކަންތައްތައް:

1- ކޯމަސް ޕަވަރ ނެޕް ނަގާ

ކޯމަހަކަށް މޫދު އަޑީގައި ނޭވާއެއް ނުލެވެއެވެ. އެހެންކަމުން ކޯމަސް ނިދި ފުރިހަމަ ކުރަނީ އޭތި ނަގާ ކުދި ކުދި ނިދިގަނޑުތަކުންނެވެ. އެގޮތުން އާއްމުކޮށް މީގެން ކޮންމެ ޕަވަރ ނެޕެއްގެ ދިނުމިނަކީ ވިއްސަކަށް މިނެޓެވެ. މިފަދަ ނެޕްތައް ނަގާއިރުވެސް އޭތީގެ ސިނކުޑީގެ އެއްފަޅި އިންނަނީ އެކްޓިވް ކޮށެވެ. އެހެންކަމުން މޫދުގައި ފީނަމުންވެސް މިފަދަ ނެޕްތަށް ކޯމަސް ނަގައެވެ.

2- ބަނޑުބޮޑުވުމާއި ވިހެއުން

ކޯމަސް އާއްމުގޮތެއްގައި މާބަނޑުވެގެން 9 މަހާއި 17 މަހާއި މެދުގެ މުއްދަތެއްގެ ތެރޭގައި ވިހައެވެ. ކޮންމެ ފަހަރަކުވެސް ވިހަނީ އެންމެ ކޯމަހެކެވެ. ކުޑަ ކޯމަސް އުޅޭނީ އޭގެ މަންމައާއި އެކުއެވެ. އެގޮތުން ކޯމަހުގެ އުމުރުން 7 އަހަރުވަންދެން އޭތި އުޅޭނީ އޭގެ މަންމަ އާއި އެކުއެވެ.

3- އެހެން ކޯމަސްތަކާއި އެކު އުޅެން ލޯބިކުރޭ

ކޯމަކީ ވަރަށް 'ސޯޝަލް' މަހެކެވެ. އަދި އިންސާނުން ފަދައިން ކޯމަހުގެ ތެރޭގައިވެސް ރަޙްމަތްތެރިން އުޅެއެވެ. ކޯމަސް ވާހަކަދެއްކުމުގައި އުކުޅުތަކެއް ބޭނުންކުރެއެވެ. އެގޮތުން ވިސުލްކުރުމަކީވެސް އޭތި ކޮމިއުނިކޭޓު ކުރާ ގޮތެކެވެ.

ކޯމަސް ވާހަކަދައްކާގޮތް ސައިންވެރިން ތަޙްލީލްކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް އަދި އިންސާނުންނަކަށް ކޯމަހާއި ވާހަކަދެއްކޭނެ ގޮތެއް ހޯދިފައެއް ނުވެއެވެ.

4- ނަން ގޮވުމުން އެއަށް އެނގޭ

ކޮންމެ ކޯމަހެއްގެވެސް އަމިއްލަ ތަފާތު ވިސްލްއެއް އިނދެއެވެ. ކޯމަސް އެކަތި އަނެއްކައްޗަށް ގޮވުމަށް މި އަޑު ލައްވައެވެ. ސައިންވެރިން ޤަބޫލްކުރާގޮތުގައި ގިނަ އަހަރުތަކެއް ފާއިތުވުމަށްފަހުވެސް ރައްޓެހިންގެ އަޑުތައް އޭތީގެ ހަނދާނުގައި ހުރެއެވެ.

5- އެކޯލޮކޭޝަން ބޭނުންކުރޭ

ކޯމަސްއަކީ ތަކެތި ލޮކޭޓްކުރުމުގައި ބޭނުންކުރަނީ ސައުންޑު ވޭވްސްއެވެ. އެގޮތުން އޭތި ލައްވާލާ އަޑުތައް ވަށައިގެންވާ އެއްޗެހީގައި ޖެހުމަށްފަހު އަނބުރާ އަޑު އަންނަ ގޮތަށް ބިނާގޮތް މުޅި ސަރަޙައްދު އޭތި ނަގައިގަނެއެވެ.

6- އަނގައިގެ ދަތްތައް

ކޯމަހުގެ އަނގައިގެ ދަތްތައް އެއްޗެހި ކެއުމަށް ބޭނުމެއް ނުކުރެއެވެ. ކޯމަސް އޭގެ ދަތްތައް ބޭނުންކުރަނީ އެހެން މަސްތައް ހިފުމަށެވެ. އަދި އެއަށްފަހު އެ ހިފުނު މަސް ހުރި ގޮތަށް ދިރުވާލަނީއެވެ.

7- ކޯމަސް އުޅެނީ ގުރޫޕު ހަދާފަައި

ކޯމަސްތަށް އުޅެނީ އައިން ހަދައިގެންނެވެ. މިއަށް ކިޔަނީ 'ޕޮޑްސް'އެވެ. މިގޮތަށް އެކީގައި އުޅުމުން ޝިކާރަކުރަން ފަސޭހަވެއެވެ. އަދި ބަލިވުމުން އެކަތި އެނެއްޗަށް އަޅާލާ ހަދައެވެ. ބައެއް ފަހަރު އެކި އެކި އައިންތައް އެކުވުމުގެ ސަބަބުން ބޮޑު އައިނެއް އުފެދެއެވެ. މިފަދަ އައިންތަކުގައި ގާތްގަނޑަކަށް 1000 އެއްހާ ކޯމަސް ވެސް އުޅެއެވެ.

8- ކޯމަހުގެ ތަފާތު ވަތްތަރުތަށް ހުރޭ

ކޯމަހުގެވެސް ތަފާތު ވަތްތަރުތަށް ހުރެއެވެ. އެގޮތުން 44 ވަތްތަރެއްގެ ކޯމަސް މިހާތަނަށް ރެކޯޑުކުރެވިފައި އެބަހުއްޓެވެ. ކިލަރ ވޭލްސް ނުވަތަ އޯރްކާއަކީ އެންމެ ބޮޑު ވަތްތަރުގެ ކޯމަހެވެ.

9- އުމުރު

ދިރާސަތައް ދައްކާގޮތުން ހައްޔަރުކޮށްގެން ގެންގުޅޭ ކޯމަހަށްވުރެ މާ ކަނޑުގައި އުޅޭ ކޯމަހުގެ އުމުރު ދިގެވެ. އެހެން ނަމަވެސް ބައެއް މަދު ހާލަތެއްގައި ހައްޔަރުކޮށްގެން ގެންގުޅޭ ކޯމަސްވެސް ގިނަދުވަސްތަކެއް ވަންދެން ދުނިޔޭގައި އުޅެފައި އެބަހުއްޓެވެ. އެގޮތުން ފްލޮރިޑާގެ މެރިން އެންޓަރޓެއިންމަންޓު ޕާކުގައި ގެންގުޅުނު 'ނެލީ' ނަމަކަށް ކިޔާ ކޯމަސް މަރުވި އިރު އުމުރަކީ 61 އެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!