މަސްވެރިކަމާއި ގުޅޭ

image_01

މަސް އެކްސްޕޯޓުކޮށްގެން ލަންކާއަށް 212 މިލިއަން ޑޮލަރުގެ އާމްދަނީއެއް

މިއަހަރުގެ ފުރަތަމަ 9 މަސް ދުވަހުގެތެރޭ ސްރީ ލަންކާއިން 212 މިލިއަން ޑޮލަރުގެ މަސް ބޭރުކޮށްފިއެވެ.

ސްރީ ލަންކާގެ ފިޝަރީޒް މިނިސްޓްރީގެ ތަފާސްހިސާބުތަށް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ސެޕްޓެމްބަރުމަހުގެ ނިޔަލަށް އެޤައުމުން މަސް ބޭރުކޮށްފައިވާ މިންވަރަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 38 އިންސައްތަ އިތުރު އަދަދެކެވެ.

ސްރީ ލަންކާއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ކަނޑުމަހާއި، ޕްރޯންސް، އިހި އަދި ކަކުންޏެވެ. އަދި މީގެ އިތުރުން އެޤައުމުންވަނީ ގިނަ އަދަދަކަށް ކޯރުމަސްވެސް އެކްސްޕޯޓުކޮށްފައެވެ.

މަސް އެކްސްޕޯޓުކުރާ އަދަދަށް ލިބުނު ކުރިއެރުމާއި ގުޅޭގޮތުން ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރ ޑޯގުލަސް ދެވަނަންދާ ބުނެފައިވަނީ އެޤައުމުގެ މަހުގެ އުފެއްދުންތަަކަށް ޔޫރަޕުގެ ޤައުމުތަކާއި އެމެރިކާގައި ބޮޑު ޑިމާންޑެއް އޮންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!