މަސްވެރިކަމާއި ގުޅޭ

79098638

ކަނޑުމަހަކީ އިންސާނާގެ ސިކުނޑިއަށް ފައިދާކުރާއެއްޗެއް: ދިރާސާ

ކަނޑުމަހަކީ އިންސާނާގެ ސިނކުޑިއަށް ފައިދާކުރާއެއްޗެއް ކަމަށް ފަހުުގެ ދިރާސާއަކުން އަނެއްކާވެސް ދައްކައިފިއެވެ.

މީގެކުރިންވެސް ކުރިއަށް ގެންގޮސްފައިވާ ބައެއް ދިރާސާތަކުގައި ކަނޑުމަހުގެ ފައިދާތަށްވަނީ ހާމަވެފައެވެ. އެހެން ނަމަވެސް މި ފަހުން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުގެ ހޯދުންތަކުން ކުރިން ހޯދުނު ހޯދުންތަކުގެ ތެދުކަން އިތުރަށް ޔަޤީންކުރެވުނީ ކަމަށް ސަައިންސްވެރިން ދެކެއެވެ.

ފަރަންސޭސިވިލާތުގައި ކުރިއަށްގެންދިޔަ ދިރާސާއެއްގައިވަނީ 65 އަހަރުން މަތީގެ 1600 މީހުންގެ ބޮލުގެ ސްކޭންތަށް ހަދާފައެވެ.

އެގޮތުން މީގެތެރެއިން 75 އަހަރުގެ ދަށުގެ މީހުންގެ ތެރެއިން ކޮންމެ ހަފްތާއަކު 2 ފަހަރު ނޫނީ 3 ފަހަރު ކެއުމުގައި ކަނޑުމަސް ބޭނުންކުރާ މީހުން ވަސްކިއުލަރ އިލްނަސް މަދުކަން ވަނީ ފާހަގަކުރެވިފައެވެ. ވެސްކިއުލަރ އިލްނަސްއަކީ ސިނކުޑީގެ މަސައްކަތްކުރުމުގެ ބާރު ދަށް ކޮށްދޭ އެއްޗެކެވެ.

ކަނޑުމަހުގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނެއެވެ.އަދި ވިޓަމިން ޑީއާއި އޮމެގާ 3 ފެޓީ އެސިޑް މިއީ ހަށިގަނޑުގެ ހެދިބޮޑުވުމަށާއި ސިކުނޑިއަށް ވަރަށް މުހިންމު ބާވަތެކެވެ. އެހެންކަމުން ކެއުމުގައި ކަނޑުމަސް ބޭނުންކުރުން އިތުރުކުރުން މުހިންމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!