ޒުވާން މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ، މ.ތުވަރު ކައިރީގައި އެން ހިފައިގެން އޮތް "ރެނައިސް" ނަމަކަށްކިޔާ މަސް ދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ދެރަވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިއީ އުމުރުން 26 އަހަރުގެ ަމސްވެރިއެކެވެ.
މަސްވެރިއެއްގެ ހާލު ދެރަވުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފިhttps://t.co/sE4QwmZT5s pic.twitter.com/TD2BUCLBrl
— Maldives National Defence Force (@MNDF_Official) August 29, 2022
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބުނީ ރޭ ދަންވަރު 02:20 ހާއިރު ކަމަށާއި، ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ތާޑު ސްކޮޑްރަންއިން ހާބަރ ކްރާފްޓްގައި އެ ސަރަހައްދަށް ދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ހާލު ދެވަރި މަސްވެރިޔާ، ރޭ ފަތިހު 3:34 ހާއިރު ވަނީ މ. މުއްޔަަށް ގެންގޮސްދީފައެވެ.