ވައި ބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ، މިއަދު އިރުއޮއްސި 7:30އާ ހަމަޔަށް މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައެވެ.
Alert White for strong winds of 19 – 24 mph and gusts of 45 mph with rough seas. pic.twitter.com/bjOwRgVJL7
— Maldives Meteorology (@MetMaldives) October 3, 2022
މެޓުން ލަފާކުރާ ގޮތުގައި، މިއަދު މުޅި ރާއްޖޭގެ ކަނޑުތައް ގަދަވާނެ އެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 5 ދުވަހުވެސް ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ: މެޓް
ރާއްޖެ ސަރަހައްދުގައި އުޅަނގު މޫސުމުގެ ބާރު ގަދަވެ، ފަސް ދުވަހަށް ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މެޓް އޮފީހުން ބުނީ، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިގަދަވުމާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"ވީމާ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަސް ބޮޑަށް ސަމާލުވުމަށް ދަންނަވަން" މެޓުން ބުންޏެވެ.