އޮސްޓްރޭލިއާގައި މަސް ބާނަން އުޅުނު އަށް އަހަރުގެ ފިރިހެން ކުއްޖެއް ގައިގައި މިޔަރެއް ދަތް އަޅައިފިއެވެ.
މަނީ އަލާމް މަހަށް ދިޔައީ އޭނާގެ ބައްޕަ އާއި އެކުއެވެ. އަދި އޭނާއަށް ހިފުނު މަހަކާއި އެކު ފޮޓޯއެއް ނެގުމަށް މޫދުގައި އޮތްވާ ކުއްލިއަކަށް މިޔަރެއް ފެނުން މައްޗަށް އަރާ މަނީގެ މޭމަތީގައި ދަތްއަޅައެވެ.
މި ހާދިސާގެ ވީޑިއޯއެއް ވަނީ ޓިކްޓޮކްގައިވެސް މަނީގެ ބައްޕަ ހިއްސާކޮށްފައެވެ. ވީޑިއޯ ކްލިޕްކޮޅު މިޔަރު މަނީ ގައިގައި ދަތް އަޅާ ހިސާބުން ހުއްޓެއެވެ.
މަނީ ބައްޕަ ބުނިގޮތުގައި މިޔަރު ދަތް އެޅުމުގެ ސަބަބުން މަނީއެއް އެހާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. މަނީ ބުނީ އޭނާ އަށް މިޔަރުގެ ހަމަލާއެއް އަމާޒުވި ނަމަވެސް މޫދަށް ދިއުން ނުހުއްޓޭނެ ކަމަށެވެ. އަދި މޫދަށް ދާން ބިރު ނުގަންނަ ކަމަށްވެސް މަނީ ބުންޏެވެ.
ޓިކްޓޮކްގައި ހިއްސާކޮށްފައިވާ ވީޑިއޯއަށް ގިނަ ބައެއްގެ ކޮމެންޓުތައް ދަނީ ލިބެމުންނެވެ. ގިނަ މީހުން ވަނީ މަނީގެ ބިރުކުޑަކަމަށް ތައުރީފްކޮށްފައެވެ. އަދި މިޔަރު ހަމަލާ ދިނުމުންވެސް މަނީ އެކަމާއި ހާސްނުވެ މަޑުން ހުރިކަންވެސް ގިނަ ބަޔަކުވަނީ ފާހަގަކޮށްފައެވެ.
One Response
މިގޮތަށް ހެޑިޔުން ލިޔުމަކީ އަންއެތިކަލް ކަމެއް
Comments are closed.