މަހަށްގޮސް އުޅެނިކޮށް ހާލުދެވަރި މަސްވެރިއަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފްއިން ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އަރާކުރި" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 56 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.
އަރާކުރި ދޯނި އޭރު މަސްވެރިކަން ކުރަމުން ދިޔައީ ހއ.ހޯރަފުށީގެ 63 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން، ސީ އެމްބިއުލައިންސްގައި ހާލު ދެރަވި ބަލިމީހާ ވަނީ ހއ. ހޯރަފުށި ހެލްތު ސެންޓަރަށް ގެންގޮސްދީފައެވެ.