ފެމުނު މިޔަރު ނުވަތަ ގްރޭޓް ވައިޓް ޝާކްގެ އާބާދީ އެޓްލާންޓިކް ކަނޑުގެ ނޯތު އެމެރިކާއާއި ވީ ހިސާބުގައި އިތުރުވަމުންދާކަމަށް ސައިންވެރިން ހާމަކޮށްފިއެވެ.
އޯސާޗުގެ ސައިންސްވެރިން ދަނީ އެސަރަހައްދުގައި ފެމުނު މިޔަރުގެ އާބާދީގެ ރެކޯޑުތައް ބަލަހައްޓަމުންނެވެ. އެގޮތުން 2012 ވަނަ އަހަރުން ފެށިގެން އެމީހުން ދަނީ އެ މަސައްކަތްކުރަމުންނެވެ.
ސީބީއެސް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި އޯސާޗުގެ ފައުންޑަރ ކްރިސް ފިޗާ ބުނެފައިވަނީ ޓެގް އަޅުވައިގެން ފެމުނު މިޔަރުގެ އުޅުންތައް ދިރާސާކުރަމުންދާ އިރު، އޭގެ އާބާދީ ވަރަށް ބޮޑަށް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް އެންމެ ފަހުން އާބާދީ އިތުރުވެފައިވަނީ 1940 އާއި 1950ގެ އަހަރުތަކުގައި ކަމަށްވެސް އޭނާ ބުންޏެވެ.
1970ގެ އަހަރުތަކާއި އަޅާބަލާއިރު، 31 ބާވަތެއްގެ މިޔަރުގެ އާބާދީވަނީ 71 އިންސައްތައަށް ދަށްވެފައެވެ. އަދި މީގެ ތެރެއިން ގިނަ ބާވަތްތަކަކީ މިހާރު ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ލިސްޓުގައި ހިމެނޭ ބާވަތްތަކެވެ.
ސައިންވެރިން ލަފާކުރާގޮތުގައި ކޮންމެ އަހަރެއްގައިވެސް ކަނޑުތަކުން 100 މިލިއަން މިޔަރު ބާނައިގެން މީހުން ނަގައެވެ. މީގެތެރޭގައި ގަވާއިދާ އެއްގޮތަށް ފިޝިންގ ކޯޓާގެ ދަށުން ހިފާ އެއްޗިއްސާއި، މަސް ބޭނުމުގެތެރޭގައި އޮޅިގެން ހިފޭ އެއްޗެހީގެ އިތުރުން، ގަވާއިދާ ހިލާފަށް އާއްމުގޮތެއްގައި ވިޔަފާރީގެ ބޭނުމަށް ބާނާ މިޔަރު ހިމެނެއެވެ.
5 Responses
Great white shark is not feamunu miyaru
Great white shark is not feamunu miyaru
ދޮންކަލޯ ގްރެޓް ވއަިޓް އަކީ ފެމުނު މިޔަރެއް ނޫން. ޓައިގަރ ޝާރކްއަކީ ފެމުނު މިޔަރު
ފެމުނު މިޔަރަކީ ޓައިގަ ޝާކް
ނުހާ، ދެން ޓައިގަރް ޝާރކް އެއީ ކޯންޗެއް
Comments are closed.