އެމެރިކާ މީހެއް ވަރަށް ތަފާތު ވައްތަރެއްގެ އިއްސެއް ހިފައިފިއެވެ.
އޭނާ ހިފާފައިވާ އިހީގެ ގައިގެ އެއްބައި ނޫ ކުލައިގައި ހުންނަ އިރު އަނެއް ބައި ހުރީ އާދައިގި އިހީގައި ހުންނަ ކުލައެވެ. އަދި މި އިހީގެ އެއްމެ ތަފާތު އެއް ކަމަކީ އޭގެ ޖިންސެވެ.
މި އިހީގެ އެއްްބައި އަންހެން އިރު އަނެއް ބައި ފިރިހެނެވެ.
މި އިހި ހިފާފައިވަނީ އެމެރިކާގެ ޖޭކޮބް ނޯލްސްއެވެ. އޭނާވަނީ މި އިހީގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިއާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ މިއަށް ލިބިފައެވެ.
ޖޭކޮބްއަކީ އޭނާއަށް ހިފޭ އިހިތަކާއި، އަދިވެސް ކަނޑުގެ އެހެން ދިރުންތަކާއި މީޑިއާ ގުޅޭ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ މީހެކެވެ. އެގޮތުން ޓިކްޓޮކް އަދި އިންސްޓަގްރާމުގައި އޭނާގެ ފްލޮވަރުންގެ އަދަދު ޖުމްލަ 3 މިލިއަނަށް އަރައެވެ.
ޖޭކޮބް ޓިކްޓޮކްގައި ހިއްސާކުރި މި އިހީގެ ވިޑިއޯއަށް މިހާތަނަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ. އަދި މި އަދަދު އިތުރުވަމުންދާނެ ކަމަށެ ބެލެވެއެވެ.