މަސްވެރިކަމާއި ގުޅޭ

Raiy Mas 17

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހިންމަފުށީ ކައުންސިލުން މަސްރޭހެއް

ހިންމަފުށީ ކައުންސިލްގެ އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ރޭހެއް ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ޑިސެންބަރު 10 ވަނަ ދުވަހުއެވެ. ހިންމަފުށީ ކައިންސިލުން ވިދާޅުވީ، މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިންމަފުށީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރާ ގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ.

މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަަކަކީ:
1- މުޅި މުބާރާތުން 1ވަނަ، 2ވަނަ އަދު 3ވަނަ ޓީމް ( ބަރުދަނުން ބަލައިގެން)
2- "ހިންމަފުށީ މަސް ކެޔޮޅު 2021" ( ބަރުދަނުން ބަލައިގެން އެންމެ ބަރު މަސް ބޭނި ފަރާތް)
3- އެންމެ ގިނަ ޢަދަދަކަށް މަސްބޭނި ޓީމް ( އަދަދަށް ބަލައިގެން)

މިމުބާރާތުގެ ވަނަތަކަށް ކަނޑައެޅޭ އިނާމްތައް ފަހުން އިއުލާން ކުރާނެ ކަމަށް ހިންމަފުށީ ކައުންސިލުން ވިދާޅުވެއެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް މިމަހުގެ 30 ވަނަ ދުވަހުގެ 14:00ގެ ކުރިން، "ރައްޔިތުންގެ މަސްރޭސް 2021 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު ހިންމަފުށީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެ ކައުންސިލުން އެދެއެވެ. ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަންނާނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ކ.ގާފަރުގައެވެ. އެހެން ނަމަވެސް އަތޮޅުތެރޭގެ އެކި ރަށްރަށުގައި ރަށު ފެންވަރުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް އެކި ހަރަކާތްތަށް ދަނީ ރާވަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!