މަސްވެރިކަމާއި ގުޅޭ

6251BF32-BD51-45C1-A534-1BA73DBE7697

ބޯވައަށްވެސް ތަދު އިހުސާސް ކުރެވޭ، ދިރިހުއްޓާ ހޫނު ފެނަށް ލުން ރަނގަޅެއް ނޫން

ބޯވައާއި ކަކުނި އަދި އިހްސަކީވެސް ތަދު އިހްސާސް ކުރެެެެވޭ އެއްޗެއް ކަމަށާއި، ދިރި ހުއްޓާ ހޫނު ފެނަށް މި ބާވަތްތައް ލުން ރަނގަޅު ނޫން ކަމަށް އާ ހޯދުންތަކަށް ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ކޮމިޝަންކޮށް ކުރިއަށްދިޔަ ދިރާސާއަކުން ދައްކާގޮތުން ބޯވައާއި، ކަކުނި އަދި އިއްސަކީވެސް ތަދު އިހްސާސް ކުރެވޭ އެއްޗެއްކަމެވެ. އެގޮތުން ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްއިން ނެރެފައިވާ ހޯދުންތަކުގެ ރިޕޯޓުގައިވާގޮތުން ބޯވައާއި ކަކުނި އަދި އިހި ފަދަ ދިރޭއެއްޗަކީވެސް ބަނޑުހައިވުމާއި، ތަދުވުމާއި، އުފާވުން ފަދަ އިޙްސާސްތައް ކުރެވޭ އެއްޗެއް ކަމަށެވެ. އެހެންކަމުން މި ބާވަތްތަށްވެސް ' ސެންޓިއެންޓު ބިންގު' ލިސްޓަށް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ލަންޑަން ސްކޫލް އޮފް އިކޮނޮމިކްސްގެ ރިޕޯޓުގައިވާގޮތުން ބޯވައާއި ލޮބްސްޓަރސް އަދި ކަކުނީގެ ބާވަތްތަށް ދިރި ހުއްޓާ ހޫނު ފެނަށް ލުން ރަނގަޅު ނޫން ކަމަށާއި، އެއްތަނުން އަނެއްތަނަށް ޓްރާންސްޕޯޓު ކުރުމުގައާއި، ކެއުމުގެ ބޭނުންތަކަށް މީގެމަސް ބޭނުންކުރަން އޭތި ހިފާ ހެދުމުގައިވެސް ބަލަން ޖެހޭ ކަންތަތެކެއް ވާކަަމަށް އެ ރިޕޯޓުގައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!