މަސްވެރިކަމާއި ގުޅޭ

242435175_907907076771309_481657331088739435_n

މަސްވެރިންގެ ދުވަހުގެ އިވެންޓް މެނޭޖްކުރުމަށް 294،998 ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފި

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކ.ގާފަރުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ އިވެންޓް މެނޭޖްކޮށްދިނުމަށް 294،998 ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ފިޝަރީޒް މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކުގައިވާގޮތުން ޑިސެމްބަރުމަހުގެ 8 އިން 10 އަށް ކ.ގާފަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 41 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ އިވެންޓް މެނޭޖްކޮށްދިނުމަށް
އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް، 294،998 ރުފިޔާ އަށް ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބޭނުން ކުރުމަށް ޓީޝާރޓް އަދި ތޮފި މިނިސްޓްރީއިން ދޭ ޑިޒައިންއަށް ޕްރިންޓްކޮށް ފޯރުކޮށްދިނުމަށް ޑޮނާޑް އިންވެސްޓުމަންޓަށް، 104،940 ރުފިޔާއަށްވަނީ ހަވާލުކޮށްފައެވެ.
މިއަހަރުުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާނެ ރަށެއްގެ ގޮތުގައި ގާފަރު ހަމަޖައްސާ އެކަން ސަރުކާރުން އިޢުލާކުރެއްވީ މިދިޔަ ސެޕްޓެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!