މަސްވެރިކަމާއި ގުޅޭ

WhatsApp Image 2021-11-27 at 14.51.37 (1)

ރާއްޖޭގެ ސަރަހައްދުގައި ބޭރުގެ ބޯޓްފަހަރު ދާއެޅި މައްސަލައިގައި މުވައްސަސާތައް ހަނު!

މިދިޔަ ހަފްތާގައި ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓު ފަހަރު ހަރަކާތްތެރިވި މައްސަލައިގައި ކަމާބެހޭ އެއްވެސް މުވައްސަސާއަކުން ކަންބޮޑުން ފާޅުކޮށްފައިނުވާތީ މަސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އެބަގެންދެއެވެ.

މިކަމާގުޅޭގޮތުން މިފަދަ ބޯޓްފަހަރު ރާއްޖޭގެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމުގެ މައުލުމާތެއް ލިބިފައިވޭތޯއާއި އަދި މިއިން އެއްވެސް ބޯޓެއް ހުއްޓުވުނުތޯ މަސްވެރިން އެމްވީގެ ފަރާތުން އެމްއެންޑީއެފާ ސުވާލުކުރުން ޖަވާބެއް ނުލިބުނެވެ.

މަސްވެރިން އެމްވީއިން 2 ދުވަސް މަތިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިކަން ބަލަމުންދާކަމަށާއި ޖަވާބެއް ލިބުމުން ޖަވާބެއް ދެއްވާނެ ކަމަށެވެ.

މަސްވެރިން އެމްވީއަށް މައުލޫމާތުދެމުން މަސްދޯންޏަކުން ބުނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާގެ ކޮންމެ ދުވަހަކުވެސް ޤަވާއިފާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ ބޯޓްފަހަރު ރާއްޖޭ ސަރަހައްދުން ފެނިފައިވާކަމަށާއި އެމީހުން މަސްވެރިކަން ކުރަނީ ދާ އަޅައިގެން ކަމަށެވެ. މި ބޯޓްތައް ފެނުނީ އިހަވަންދޫން ފެށިގެން 25 މޭލާއި 75 މޭލާ ދެމެދުން ކަމަށް މަސްދޯނިން ބުނެއެވެ.

"އަޅުޑަނޑުމެންނަށް ބޯޓް ފަހަރު ފެނުނީމަ އެއާ ގާތްކުރަން. ގާތްކުރީމަވެސް ފިލަން މަސައްކަތެއް ނުކުރޭ. އެމީހުންގެ އެއްވެސް ހާސްކަމެއް ނެތް. އެމީހުން އެ ކުރާ ކަމެއް ކުރޭ ހުއްޓުމެއްނެތި. އަޅުގަނޑުމެން ރިޕޯޓްކުރަން. ކުރިޔަސް ވާ ކަމެއް ނޯވޭ. ބޯޓު ހުއްޓުވަން ކޯސްޓްގާޑުން ނާދޭ. މިދިޔަ ހަފްތާގެ އެކި ދުވަސްމަތިން 4 ބޯޓު ފެނުނު. ބޯޓްތަކަކީ އެއް ތައްގަނޑަކަށް ހަދާފަ ހުރި ބޯޓްތަކަކަށް ވާތީ ބޮޑަށް ބެލެވެނީ އެއް ކުންފުންޏަކަށް ނިސްބަތްވާ ބޯޓް ފަހަރު ކަމަށް." މަސްވެރިޔާ ބުންޏެވެ.

މިދިޔަ ހަފްތާގައި ފެނުނު 4 ބޯޓެއްގެ ވީޑިއޯ މަސްވެރިން އެމްވީއަށް ވަނީ ލިބިފައެވެ. ނަމަވެސް މިއީ ކޮން ޤައުމެއްގެ ބޯޓްތަކެއްކަން ސާފެއް ނުވެއެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީދާއިރާގެ މެމްބަރު ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްްދަށް ޤަވާއިދާ ޚިލާފަށް ވަންނަ ބޭރުގެ ބޯޓުފަހަރު މިހާރަށް ވުރެ ރަނގަޅަށް މޮނިޓަރ ކުރެވެންޖެހޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީންވެސް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ދިވެހިމަސްކަނޑުތައް ދާއަޅައިގެން އިންޑިއާގެމަސްވެރިންކަހާއިރު ގައުމާއި ދީންހިމާޔަތްކުރަން މާތްاللّه ގަންދީހުވާކޮށް މަޖުބޫރުކަމެއްނެތި އެޒިއްމާބޮލުއަޅާއިގެން ބަދަލުގައި ރައްޔިތުންގެޓެކްސްފައިސާއިން މުސާރަނަގައިގެން ދިރިއުޅުމުގެއެއްމެހާބޭނުންތައްފުއްދަމުންދާ އެއްމެހާދިވެހިސިފައިންނާއި އެމީހުންގެ ވެރީންޖަވާބުދާރީވާންޖެހޭދުވަހެއް ކުރިމަތީގައިއޮތްކަންހަނދުމަކޮށްދެން ރާއްޖޭގެ މަސްވެރިންބާނާމަހަށް ހަމައަގުހޯދައިދޭނެކަމުގެވަޢުދާއިއެކު ހޮވިގެންއައި ސަރުކާރުން މިވައުދު ނުފުއްދުމުގެއިތުރުން ގައުމަށްޚިޔާނާތްވާކަށް ދެންއިތުރުފުރުޞަތެއް އިންޝާاللّهދެންނުލިބޭނެ ތިޔަފަދަ ޚިޔާނާތްތެރިން މީގެކުރިންވެސް މިފިވެހިގައުމު އަޅުވެތިކޮށް އެމީހުންގެއުނގައްވެއްޓިގަތްކަން ތާރީޚުންއެބަފެނޭ އެއީވެސް ދެބައެއްގެދެމެދުގަ އުފެދުނުވެރިކަންހޯދުމުގެ ވާދަވެރިކަމުން ލިބުނުފީނުބެއްދޭވަރުގެ ބޮޑުގެއްލުމެއް ވޯރާވިޔަފާރިވެރިން ރާއްޖެގެނައީވެސް ހަމައެވާދަވެރިކަމާއި ހަސަދަސިގެތެރެއިން މީގެހެކިތައް އަވައްޔެރި ސްރީލަންކާގެ ގާލީންމިހާރުވެސްއެހެރީ ފެއްނަން މާތްاللّه މިފަދަޚިޔާނާތްތެރީންގެމަކަރާއި ހީލަތުން މިގައުމުސަލާމަތްކުއްވާށި އާމީން...

Comments are closed.