މަސްވެރިކަމާއި ގުޅޭ

mbaribarreleye-750x375

ކަނޑުގެ އަޑީގައި އުޅޭ ބޮލުގެ ހަންގަނޑު ޓްރާންސްޕޭރަންޓުކޮށް ހުންނަ މަހެއް

ކަނޑުގެ ވަރަށް އަޑީގައި އުޅޭ ބޮލުގެ ހަންގަނޑު ޓްރާންސްޕޭރަންޓުކޮށް ހުންނަ މަހެއް ފެނިއްޖެއެވެ.

އެމެރިކާގެ މޮންޓަރީ ބޭ އެކުއޭރިއަމް ރިސަރޗް އިންސްޓިޓިއުޓުން އާއްމުކޮށްފައި ވީޑިއޯއަކުން މިމަސްފެންނައިރު، މިއީ ވަރަށް އާދަޔާ ޙިލާފު މަހެކެވެ.

އެ އިންސްޓިޓިއުޓުން މިމަހުގެ ފޫޓޭޗް ނަގާފައިވަނީ ރިމޯޓުކޮށް އޮޕަރޭޓްކުރާ ވެހިކަލެއްގެ އެހީގައެވެ.

މި މަހުގެ އެންމެ އާދަޔާ ޙިލާފު ކަމަކީ ބޮލުގެ ހަންގަނޑު ސީ- ތުރޫ ވުމެވެ. އަދި ދިއްލިފައި ހުންނަ ފެހި ކުލައިގެ ލޮލެއް މިމަހުގެ ހުރެއެވެ.

ރިމޯޓް ވެހިކަލްގެ 5600 ޑައިވުގައި، 27600 ވަގުތު ވީޑިއޯ ކޮށްގެންވެސް މިހާތަނަށް ފެނިފައިވަނީ މީގެ އެންމެ 9 މަސް ކަމަށް މޮންޓަރީ ބޭ އެކުއޭރިއަމް ރިސަރޗް އިންސްޓިޓިއުޓުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. ހުރިހާ މަހެއް ވެސް ފެއްނަނީ އެމެރިކާއިންތަ

Comments are closed.