މަސްވެރިކަމާއި ގުޅޭ

dhoani

ލަންކާ މަސްބޯޓެއް ބަންޑުންޖަހާލާފައި ވާތީ، ދަތުރުކު ކުރާ މީހުން ސަމާލުވާން އެދެފި

ސްރީލަންކާ މަސްބޯޓެއް ބަންޑުންޖަހާލާފައި ވާތީ، ވ އަތޮޅުން ދަތުރުކު ކުރާ މީހުން ސަމާލުވާން އެމްއެންޑީއެފް އިން އެދެފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ، ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅުނު ބޯޓެ ބަންޑުން ޖަހާލާފައި ވާކަމަށެވެ. އަދި މާލެ އަތޮޅާއި ވ.އަތޮޅާ ދިމާލަށް އޮޔާ އަންނަކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

"ޚާއްޞަގޮތެއްގައި ރޭގަނޑު ދަތުރުކުރާ ފަރާތްތަކުންް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން" އެމްއެންޑީއެފް އިން ބުންޏެވެ.

މިފަހުން ރާއްޖޭގައި ވެސް ވަނީ ދޯންޏެއް ބަންޑުން ޖަހާލި ހާދިސާއެއް ހިނގާފައެވެ. އެ ދޯނިން ދަތުރުކުރި ދެ ބިދޭސީން ފެނިފައި ވާއިރު، ކައްޕިއަކަށް ދަތުރުކުރި ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. އެމީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން ދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!