މަސްވެރިކަމާއި ގުޅޭ

ކުޑަހުވަދޫ ފަހި ދޯނި މަސްވެރިން
ކުޑަހުވަދޫ ފަހި ދޯނި މަސްވެރިން

ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން މެނޭޖްކުރުމުގެ ޕްލޭންގެ މައިގަނޑު މަޤުޞަދުތައް

މި ޕްލޭންގެ މައިގަނޑު މަޤުޞަދުތަކަކީ؛
(ހ) ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމުގެ ދިރުންތަކާއި، ކަނޑުމަހުގެ މަސްވެރިކަމުގެ ސަބަބުން އަސަރުކުރާ އެހެނިހެން ދިރުންތަކާއި، އެ ތަކެތީގެ މާޙައުލު ރައްކައުތެރިކޮށް، މުސްތަޤުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުން؛

(ށ) ދިވެހިރާއްޖޭގައި ކުރާ ޒަމާންވީ ކަނޑުމަހުގެ މަސްވެރިކަމުގެ އަސްލު ދެމެހެއްޓޭ ފަދަ ގޮތަކަށް މަސްވެރިކަން ތަރައްޤީކޮށް، ބެލެހެއްޓުމުގެ ހަމަތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަކީ ތިމާވެށްޓާ ރައްޓެހި، ނަމޫނާ މަސްވެރިކަމެއްގެ ގޮތުގައި އޮތް އޮތުން ދެމެހެއްޓުން؛

(ނ) ކަނޑުމަހުގެ މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބޭ އިޤުތިޞާދީ މަންފާ އިތުރުކުރުމަށްޓަކައި ކަނޑުމަހުގެ މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކޮށް، ހިންގައި، ބެލެހެއްޓުމުގެ ނިޒާމެއް އެކުލަވައިލުން.

ރ) ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންގެ ޙައްޤުތައް ރައްކައުތެރިކޮށްދީ، ކަނޑުމަހުގެ މަސްވެރިކަމުން ދިވެހިރާއްޖެއަށް ލިބޭ މަންފާ ހަމަހަމަ ކަމާއި ހެޔޮވެރިކަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ދިވެހި ރައްޔިތުންނަށް ލިއްބައިދިނުން؛ އަދި

(ބ) ކަނޑުމަހުގެ މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމުގެ ފިޔަވަޅުތަކަކީ ދިވެހިރާއްޖެއިން ބައިވެރިވާ މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަޙައްދީ ޖަމްޢިއްޔާތަކުން ކަނޑައަޅައިފައިވާ މިންގަނޑުތަކާ އެއްހަމަ ކުރެވިފައިވާ ފިޔަވަޅުތަކަކަށް ހެދުން.

މި ޕްލޭންގެ ދަށުން މެނޭޖުކުރާ ބާވަތްތަކަކީ؛

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފެލިވަރު ފެކުޓަރީގައި ހެދޭކޭހުގެ އަދަދުމަދުބޮޑުތަނުން ދައްވެ ރިކަވަރީމަތި ބަޔަކު ހިންގާ ބޮޑުޖަރީމާއެއް

Comments are closed.