މަސްވެރިކަމާއި ގުޅޭ

Thuraakunu (raalhugudi )-900x643

ބޭރު ކަނޑަށް ނުކުންނަ މަސްވެރިން ތުރާކުނުން ގިނަ ހިދުމަތްތަކެއް ހޯދާ

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނަކީ 25.8 ހެކްޓަރުގެ ބިން އޮންނަ، އަބާދީގައި 418 މީހުންގެ ރަށެކެވެ.

ތުރާކުނުގެ އެންމެ ހާއްސަ އެއް ކަމަކީ، އެރަށުގައި 80 އަހަރު ވެފައިވާ މިސްކިތަކާއި، 80 އަހަރު ވެފައިވާ، ހިމާޔަތް ކުރެވިފައިވާ ނިކަގަހެއް ހުރުމެވެ. ނަމަވެސް މަސްވެރި އޮންލައިންއަށް ޝައުގުވެރިކަން އުފެދުނީ އެރަށުގައި ވަކި ހާއްސަ މަސްވެރިކަމެއް ކުރޭތޯ ބެލުމަށެވެ. އެގޮތުން ތުރާކުނު ކައުންސިކްގެ ރައީސް އަލީ އަބްދުއް ލަތީފްއާ ވާހަކަ ދައްކާލުމުން އެނގުނީ، ތުރާކުނު އޮންނަނީ އެންމެ އުތުރުގައި ކަމަށް ވިޔަސް، އެރަށު މަސްވެރިންވެސް ވަކި ތަފާތު ގޮތަކަށް ނުވަތަ ތަފާތު މަސްވެރިކަމެއް ނުކުރާ ކަމަށެވެ.

ތުރާކުނުގައި އާއްމުކޮށް ކުރަނީ ކަނޑުމަހުގެ މަސްވެރިކަން މަސްވެރިކަމާ ކަންނެލީގެ މަސްވެރިކަމެވެ. ނަމަވެސް ހިބަރުގެ މަސްވެރިކަމާ ދޮށީގެ މަސްވެރިކަން ވެސް ކުރެއެވެ.

ކަންނެލީގެ މަސްވެރިކަން ކުރާއިރު، މަސްވެރިކަން ރަނގަޅު މޫސުމަށް އެކި ސަރަހައްދުގެ މަސްވެރިން އެރަށަށް ގާތްކުރާ ކަމަށްވެއެވެ.

އިރުވައި މޫސުމުގައި ކަނޑުމަހުގެ މަސްވެރިކަން ވެސް ކަންނެލީގެ މަސްވެރިކަން ވެސް ރަނގު އިރު، ދެކުނުގެ މަސްވެރިންވެސް އެރަށުގައި ބަނދަރު ކުރާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަސްވެރި ދޯނިތައް އެރަށަށް ދަނީ ކާބޯތަކެތި ގަތުމަށާއި ފެން ބޭނުން ކުރުމަށެވެ. އަދި ސިއްހީ ހާލަތެއް ދިމާވުމުންވެސް ފަރުވާއަށް ދެއެވެ.

ތުރާކުރުނުގައި ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިތަކަށް ބަލާއިރު، މިވަގުތު އޮންނަނީ ދެ ދޯންޏެވެ. ކަނޑުމަހުގެ މަސްވެރިކަމުގައި އެއް ދޯންޏެވެ.

"އާއްމުކޮށް ރަށު ބަނދަރުގަ އެންކާ ކުރާކަށް ނޫން. ބަނދަރުގަ އަޅާފައެއް ނޫން. އެކިއެކި ބޭނުންތަކުގަ އައިސް މި ވަންނަނީ. އެވްރެޖްކޮށް ހަފްތާއެއް ތެރޭގައި 15 ދޯނި، 10 ދޯނި، އެގޮތަށް ދެކުނާއި މެދުރާއްޖެ ތެރޭގެ ދޯނިފަހަރު އައިސް މިކޮޅުގަ ހިދުމަތް ހޯދާ،" ކައުންސިލްގެ ރައީސް އަލީ އަބްދުއް ލަފީފް ވިދާޅުވުއެވެ.

މި ހިދުމަތްތަކުގެ އިތުރުން، ތުރާކުރަނީ ރާއްޖޭގެ އެންމެ އުތުރުގައިވާ ރަށަށް ވުމުން، ބޭރުކަނޑަށް ނުކުމެ އުޅޭ ދޯނި ފަހަރުން މީހުން ބަލި ވުމުން ވެސް ތުރާކުނަށް ގާތްކުރާ ކަމަށް އަލީ ވިދާޅުވިއެވެ.

އާއްމު ރައްޔިތުންނެކޭ އެއްގޮތަށް، އެކި ކަންކަމުގައި ރަށަށް ދާ މަސްވެރިންނަށް ވެސް ތުރާކުުނުން ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އަލީ ވިދާޅުވިއެވެ.

ހެލްތް ސެންޓަރަކީ 8 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ވީ ނަމަވެސް، ހެލްތް ސެންޓަރުގެ ފަރާތުން ދަންވަރުވެސް އޮން ކޯލުގައި ތިބޭތީ، ކޮންމެ ވަގުތަކު މަސްވެރިން ބަލިކަމެއް ދިވާމެގެން ދިޔަޔަސް ހިދުމަތް ދެއެވެ.

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށަށް ވީތީއާއި އެކަމުގެ ސަބަބުން މަސްވެރިންނަށް ވެސް ގާތްކޮށްލަން އެންމެ ފަސޭހަ ރަށަށް ވީތީ، މިހާރަށް ވުރެ ބޮޑަށް ބައެއް ހިދުމަތްތައް އެރަށުން ލިބެން ހުންނަ ނަމަ މިހާރަށް ވުރެ ފަސޭހަ ވާނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ، ރަށުގެ ބަނދަރަކީ އެހެން ދޯނިފަހަރުވެސް ބޭނުންކުރާ ރަށަކަށް ވުމުން، އެރަށުން އައިސް ލިބުން ފަދަ ހިދުމަތްތަކަށް ލިބޭނަމަ މަސްވެރިންނަށް ވެސް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

އިހަވަންދޫ އާއި ހޯރަފުށީގައި އައިސް ޕްލާންޓް ހުރި ނަމަވެސް، ތުރާކުނުގައި އައިސްޕްލާންޓް ހުރެއްޖެނަމަ ދަތުރުކުރާ މަސްވެރިންނަށް ލުއިފަސޭހަ ވެގެން ދާނެއެވެ. ސަބަބަކީ އިތުރަށް ދުރަށް ދިއުމަށްވުރެ، ކައިރީގައި އޮންނަ ރަށަކުން ހިދުމަށް ހޯދޭނެތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ފޮޓޯ ޖަހާއިރު ވެރިފަރާތުގެ ހުއްދަ ހޯދައިގެން ޖަހާބަލަ

Comments are closed.