މަސްވެރިކަމާއި ގުޅޭ

އަސްދާނު ރައިވެރިމަސް

ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުމަތީގެ މުރަކައާއި ގާތަކުގެ ވެށީގައި ގިނައިން އުޅޭމަހެކެވެ.

ރާއްޖޭގައި އެންމެގިނަ އަދި ދިވެހި މަސްވެރިން ދަންނަ އެބައިމީހުން ބާނާއުޅޭ ރައިވެރިމަހާއި ވަރަށް އެއްސިފައެއްގައި ހުންނަ މަހެކެވެ. އަދި ދިވެހިން ކެއުމަށް ބޭނުންކޮށްއުޅޭ މަހެއްވެސްމެއެވެ. އެހެން ރައިވެރިމަހެކޭ އެއްބީދައިން މިބާވަތުގެ މަސްވެސް ދުވާލުގެ ވަގުތުތަކުގައި އުޅެނީ ގަލުގެ ހޮހަޅަތަކާއި ބޮޑެތި ހަތާއާއި އަދި ފަރުބޭރުގާތަކުގެ ނިވަލުގައެވެ.

މަހުގެ ބުރަކަށިމަތީ ކޮތަރިބައިގައި 11 ހަރުކަށްޓާއެކު 13 އާއި 15 އާ ދެމެދުގެ ޢަދަދަކަށް (ގިނައިން 14) މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 4 ހަރުކަށްޓާއެކު 9 މަޑުކަށިހުރެއެވެ. މަހުގެ ކުލައަކީ ރަތްކުލައެވެ. ނިގޫފަތާ ދިމާއިން މަހުގެ މަތީގައި ހުދު ރިހިކުލައިގެ ލަފެއް ހުރެއެވެ. މިލައް ހުންނަނީ އަސްމާނެއްގެ ގޮތަށް މަހުގެ ދެފަރަތާށެވެ. މަހުގެ ސިފައަށް ވިސްނާ، މިމަހަށް ދިވެހިންގެ ތެރޭގައި ވަކި ޚާއްޞަނަމެއް ކިޔާ ނޫޅޭތީ އިގިރޭސިނަމާވެސް ގުޅޭގޮތުން "އަސްދާނު ރައިވެރިމަސް " ކިޔާ ނަންދީފައިވަނީއެވެ.

މިބާވަތުގެ މަސް އެންމެ ބޮޑުވަނީ 24 ސެންޓިމީޓަރަށް ކަމަށްވެއެވެ. ނަމަވެސް ގިނައިން ފެންނަ މިބާވަތުގެ މަހުގައި ހުންނަނީ ގާތްގަޑަކަށް 18 ސެންޓިމީޓަރެވެ. ރައިވެރިމަހުގެ ވައްތަރުތަކުގެ މައިގަޑު ކާނާއަކީ މޫދުއަޑީގައިއުޅޭ ތަފާތު ބާވަތްތަކުގެ ދިރުންތަކެވެ. އޭގެ ތެރޭގައި ޑިނގާއާއި، ކުދިމަހާއި ފަނީގެ ބާވަތްތައް ހިމެނެއެވެ.

އިނގިރޭސި ނަން: : Silverspot squirrelfish
މަސްދަރު:ފިޝަސް އޮފް ދަ މޯލްޑިވްސް މެރިން ރިސާޗު ސެންޓަރ، 2003
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!