މަސްވެރިކަމާއި ގުޅޭ

Molhadhoo

މޮޅަދޫގައި އާމްދަނީ ހޯދަން މަސްވެރިކަމެއް ނުކުރޭ، އުޅަނދެއްވެސް ނެތް

ހއ. މޮޅަދޫ އަކީ އާމްދަނީ ހޯދަން މަސްވެރިކަން ނުކުރާ، އެކަމަށް އުޅަނދެއް ވެސް ނެތް ރަށެކެވެ.

މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާދު މި ނޫހާ ވާހަކަ ދައްކަމުން ވިދާޅުވީ، ވިޔަފާރި އުސޫލުން ކުރާ މަސްވެރިކަން އެރަށުގައި ނުކުރާ ކަމަށެވެ. ނަމަވެސް ކެއުމަށްޓަކައި މަސްވެރިކަން ކުރާ ކަމަށާއި، އެކަމަށް ފަސް ވަރަކަށް ޑިންގީ އެރަށުގައި އޮންނަ ކަމަށެވެ.

118 ހެކްޓަރުގެ މޮޅަދޫގެ އާބާދިއަކީ 402 އެވެ. ދިވެހިރާއްޖޭގެ އެންމެ އާދާބީ ކުޑަ އެއް ރަށް ކަމަށްވާ މޮޅަދޫގައި އާމްދަނީ ހޯދަން މަސްވެރިކަން ނުކުރަނީވެސް އާބާދީ ކުޑަ ވުމުން ކަމަށް ސިނާދު ފާހަގަ ކުރެއްވިއެވެ.

ސިނާދު ވިދާޅުވީ އެރަށުގައި ސްޕޯޓްސް ފިޝިންއަށްދާ ޒުވާނުން ދޭތެރެއަކުން އުޅޭ ކަމަށާއި ނަމަވެސް އެއީ މަޖާކޮށްލުމަށް ކުރާ ކަމެއް ކަމަށެވެ. އެކަމުން އާމްދަނީ ހޯދުމުގެ މަސައްކަތެއް ނުކުރާ ކަމަށެވެ.

ވަދާ ދުއްވާލައިގެން ގޭގައި ކާވަރަށް މަސްވެރިކަން ކުރާ މޮޅަދޫގައި މިހާރު ދިރިއުޅޭ މީހުން އަދާކުރަނީ ރަށުގައި ގާއިމުވެ ތިބޭ ވަޒީފާތަކެވެ.

އެރަށުގައި މަސްވެރިކަން ކުރާ ފަސް ވަރަކަށް ޑިންގީ މަހަށް ދަނީ ކެއުމަށް ބޭނުންވާ ވަރަށް މަސް ހޯދާށެވެ. ދެން މަސްވެރިކަން ކުރަން ހުންނަނީ ޑިންގީ އަށް ވުރެ ކުދި ބޮއްކުރާ ވަރުގެ އުޅަނދު ކަމަށް ސިނާދު ވިދާޅުވިއެވެ.

ރަށްރަށުގައި މަސްވެރިކަން ކުރަމުން ދާގޮތުގެ މައުލޫމާތު ގެނެސްދިނުމަށް މަސްވެރި އޮންލައިން އިން ކުރިއަށް މި ގެންދާ ސެގްމަންޓްގައި، މޮޅަދޫ އަކީ މިގޮތަށް މައުލޫމާތު ގެނެސްދޭ ދެވަނަ ރަށެވެ. މި ސެގްމަންޓްގައި ފުރަތަމަ ގެނެސްދިނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ހއ. ތުރާކުނުގައި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރާ ގޮތެވެ.

އިތުރަށް ކިޔާލުމަށް: ބޭރު ކަނޑަށް ނުކުންނަ މަސްވެރިން ތުރާކުނުން ގިނަ ހިދުމަތްތަކެއް ހޯދާ | Masverin

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!