މަސްވެރިކަމާއި ގުޅޭ

gettyimages-477473408_web

އަންހެން "ސީ ހޯސް" އަކީ އެހާ ވަފާތެރި އެއްޗެއް ނޫން: ދިރާސާ

ކުރިން ޤަބޫލްކުރެވިފައިވާ ގޮތާ ހިފާލަށް އަންހެން "ސީ ހޯސް" އަކީ އެހާ ވަފާތެރި އެއްޗެއް ނޫން ކަން ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

މިގެކުރިން ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި ސީ ހޯސްއަކީ އެކީގައި އުޅޭ އަންހެން އަދި ފިރިހެން އެތި އެކަތި އަނެއްކަށްޗަށް ވަރަށް ވަފާތެރި އެއްޗެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެގޮތުން ބަނޑުބޮޑުވުމުގެ މަސްއޫލިއްޔަތުވެސް އުފުލަނީ ފިރިހެން ސީ ހޯސްއެވެ.

އީސްޓް ޗައިނާ ސީ ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓުން ނެރުނު ދިރާސާ ރިޕޯޓެއްގައި ވާގޮތުން އެކީގައި އުޅޭ ދެ ސީ ހޯސްއެއް ވަކި ކުރުމަށްފަހު، އެހެން ސީ ހޯސްތަކާއި އެކީ އުޅެން މަޖުބޫރު ކުރުވުމުން، އަންހެން ސީ ހޯސް ވަރަށް އަވަހަށް އިތުރު ބައިވެރިއެއް ހޯދައެވެ. އަދި ކުރީގެ ބައިވެރިއާ އާއި އަނބުރާ ގުޅުމުގެ ފުރުސަތު ދިނަސް އަންހެން ސީ ހޯސް ކުރީގެ ބައިވެރިއާ ބޭނުމެއް ނުވެއެވެ.

ދިރާސާ ކުރިއަށް ގެންދިޔުމަށް އެންމެ ފުރަތަމަ ގިނަ އަދަދެއްގެ ސީ ހޯސްތަށް ޓޭންކަކަށް ވަނީ އަޅާފައެވެ. އަދި ބައިވެރިއެއް ހޯދާ އެކީގައި އުޅެން ފެށުމުން އެތަނުން ފިރިހެން ސީ ހޯސް އެހެން ޓޭންކަކަށް ބަދަލު ކުރެއެވެ. އަދި އިތުރު އެހެން ފިރިހެން ހޯސްއެއް ޓޭންކަށް ލައެވެ. މިއާއެކު އަންހެން ސީ ހޯސް އަލަށް ޓޭންކަށް ލާ ސީ ހޯސްއާއި އެކީ އުޅެން ފަށައެވެ.

އަދި ކުރިން އުޅުނު ފިރިހެން ސީ ހޯސް އަލުން ޓޭންކަށް ލުމުންވެސް އަންހެން ސީ ހޯސް އެޔަށް ސަމާލުކަމެއް ނުދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އެންމެ މޮޅު ބުއްދިއެއް ދެއްވި އިންސާނާ ތިއަށްވުރެއް ކަންތައްބޮޑު

  2. ތީ ހަމަ މިޒަމާނުގެ އިންސާނުންވެސް އުޅޭގޮތެއްނުން އަދި ވިސްނުން ދެއްވާފަ ވާއިރުވެސް ....

Comments are closed.