މަސްވެރިކަމާއި ގުޅޭ

RRX7PNQPLKHHSALJUQJ6X6V32Q

ޔ.ޫއޭ.އީގައި މަރުވާ ވެލާތަކުގެތެރެއިން %90 ވެލާ މަރުވަނީ ޕްލާސްޓިކް ކެވިގެން

ޔ.ޫއޭ.އީގައި މަރުވާ ވެލާތަކުގެތެރެއިން %90 ވެލާ މަރުވަނީ ޕްލާސްޓިކް ކެވިގެން ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ. މި ތަފާސް ހިސާބުތަށް އެޤައުމުގައި އާއްމުކޮށްފައިމިވަނީ ޕްލާސްޓިކް ކޮތަޅުން ޗާޖެއް ނަގަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މިއީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމަށް ކުރިއަށް އޮތް 2 އަހަރުތެރޭ އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ފެށުން ކަމަށް އެޤައުމުގެ ސަރުކާރުން ހާމަކުރެއެވެ.

ޔޫ.އޭ.އީގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ އަދަދުތަށް ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ.

އެންވަޔަރަމަންޓް އެޖެންސީ އަބޫދާބީ، އީއޭޑީއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި އަބޫ ދާބީގެ ގޮނޑުދޮށްތަކަށް މަރުވެގެން ލައްގާ ވެލާތަކުގެ 80 އިންސައްތަ އަށް ޕްލާސްޓިކް ކެވިފައިހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަންނަ ޖުލައިމަހުން ފެށިގެން ދުބާއީގައި ވިއްކާ ޕްލާސްޓިކް ކޮތަޅުން ފައިންއެއް ނަގާނެއެވެ. އަދި ކުރިއަށް އޮތް ދެއަހަރުތެރޭ ޕްލާސްޓިކް ކޮތަޅު އެއްކޮށް ބޭނުން ކުރުން ހުއްޓާލާނެއެވެ.

އަދި އަބޫދާބީގައިވެސް މިއަހަރުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ޕްލާސްޓިކަކީ ވިހައެއް ނޫން.
    ސަރުކާރުތަކުން ތިމާވެށި އެޖެންޑާ ޖައްސަން ވަރަށް ދޮގު ހަދާނެ

Comments are closed.