މަސްވެރިކަމާއި ގުޅޭ

ފަރެސްމާތޮޑާ މަސްވެރިންތަކެއް
ފަރެސްމާތޮޑާ މަސްވެރިންތަކެއް

ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް އެދިއްޖެ

ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް އެރަށުގެ މަސްވެރިން އެދިއްޖެއެވެ.

ގދ. ފަރެސްމާތޮޑާގެ މަސްވެރިންގެ މިގޮތަށް އެދިފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ އިޤްތިސާދީ ކޮމެޓީއިން ފަރެސްމާތޮޑާއަށް ޒިޔާރަތް ކުރުމުންނެވެ.

ފަރެސްމާތޮޑާގައި ބޭއްވި މި ބައްދަލުވުމުގައި އެރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެފައެވެ. މަސްވެރިންގެ އެންމެ ބޮޑު އެދުމަކަށްވީ މަސް ކިރޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދިޔުމެވެ. އެގޮތުން އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކޮށްދިނުމަށް މަސްވެރިން ވަނީ އެދިފައެވެ. އެގޮތުން އެ ސަރަޙައްްދަކީ މަސްވެރިކަން ރަނގަޅު ހިސާބަކަށްވުމުން އެރަށުގައި މަސް ފެކްޓްރީއެއް ތަރައްޤީކުރުން ވެގެންދާނީ މަސްވެރިންނަށް މަސް ކިރުވުމަށް ވަރަށް ބޮޑަށް ލުޔަކަށްކަން މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.

އިޤްތިސާދީ ކޮމެޓީގެ މެމްބަރުންވަނީ މަސްވެރިންގެ މި ހިޔާލު ބަލައިގަނެފައެވެ. އެގޮތުން މިކަމަށް އެ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއިން ދެކުނަށް ކުރި ދަތުރުގައިވަނީ ކޫއްޑޫއަށް ޒިޔާރަތްކޮށް، ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުންނާއިވެސް ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި އެބޭފުޅުންގެ ކަންބޮޑުވުންތަކާއިމެދު މަޝްވަރާކޮށްފައިވާއިރު، ކޫއްޑޫ ފިޝަރީސް ކޮމްޕްލެކްސްގެ ބޭފުޅުން ،މަސްކިރުމާ ކޯލްޑް ސްޓޯރޭޖްގެ މައްސަލައަށް ހައްލުގެނެއުމަށް ވިސްނާފާއިވާގޮތް، ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއާ ވަނީ ހިއްސާކޮށްފައެވެ.

އަދި މީގެއިތުރުން ތިނަދޫގެ މަސްވެރިންނާވެސް ވަނީ ކޮމެޓީގެ ފަރާތުން ބައްދަލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ތިއަދި މުޅިއަކުން ރަނގަޅު ޚިޔާލެއް ނޫން

Comments are closed.