މަސްވެރިކަމާއި ގުޅޭ

turtle yellow

އިންޑިއާގެ އަވަށްގަނޑަކުން ރީނދޫ ވެލައެއް ފެނިއްޖެ

ވަރަށް މަދުން ނޫނީ ނުފެންނަ ވަތްތަރެއްގެ ވެލައެއް އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިއާގެ އޮޑިޝާގެ ބެލަސޯ ޑިސްޓްރިކްސްގެ އަވަށްގަނޑެއް ކަމަށްވާ ސިމުލިއާ ވިލެޖުން ފެނިފައިވާ މި ވެލާގެ ގައިގެ ކުލައަކީ ރީނދޫ ކުލައެވެ. މި ވެލާ ފެނިފައިވަނީ އެ އަވަށްގަނޑުގެ ކޯރަކުންނެވެ.

އެގޮތުން އެ އަވަށްގަނޑުގެ ޒުވާނަކަށް މި ވެލާ ފެނިގެން އެންމެންތައް އެއްކޮށްގެން އެ ވެލާ ދެއްކިއެވެ. އަދި އަވަށްގަނޑު އެންމެން އެކީ ކުރި މަސައްކަތުން ވެލާ ވަނީ ސަލާމަތްކޮށް ފޮރެސްޓު ޑިޕާޓުމަންޓާއި ހަވާލުކޮށްފައެވެ.

މި ވެލާގެ ގައިގެ ކުލަ އެހާ ތަފާތީ އަލްބިނިޒަމްގެ ސަބަަބުންނެވެ. މިއީ ޓައިރޯސިން ޕިގްމެންޓު ގައިގައި މަދުވުމުގެ ސަބަބުންވާ ގޮތެވެ.

މީގެ ދެ އަހަރު ކުރިން ހަމަ ބެލަސޯރ ޑިސްޓްރިކްޓްގެ އެހެން އަވަށްގަނޑަކުންވެސް ވަނީ މިކަހަލަ ވެލައެއް ފެނިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

2 Responses

  1. އަވަށްގަނޑުތަ؟ ނޫނީީ އަވަށްތަަ ކިޔަނ؟ އޮޅިއްޖެެ މިހާރުު.

Comments are closed.