މަސްވެރިކަމާއި ގުޅޭ

Mifco exchanger

މިދިޔަ އަހަރު މިފްކޯއަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް، މިއީ %17 އިތުރު އަދަދެއް

މިފްކޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީ %17 އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން  އެކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއަށް މިދިޔަ އަހަރުވަނީ 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. 2020 ވަނަ އަހަރު އެކުންފުންޏަށް ލިބިފައިވަނީ 1 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

2021ވަނަ އަހަރު މިފްކޯއިން ވަނީ ރެކޯޑު އަދަދަަކަށް މަސް ކިރުވާފައެވެ. އެގޮތުން އެ އަހަރުތެރޭ 58،250 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. އަދި 415،821 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓު ކޮށްފައިވެއެވެ. މަސް ގަތް މިންވަރާއި، މަސް އެކްސްޕޯޓުކޮށްފައިވާ މިންވަރުވެސް އިތުރުވެފައިވުމުން މިފްކޯއަށް މިދިޔަ އަހަރުވަނީ ބޮޑު އާމްދަނީއެއް ލިބިފައެވެ.

މިދިޔަ އަހަރުތެރޭ މިފްކޯއިންވަނީ 2 ބޯޓު ގަނެފައެވެ. މީގެތެރޭގައި 2500 މެޓްރިކް ޓަނުގެ މަސް ގަނޑުކުރުމުގެ ޤާބިލްކަން ހުރި ކާގޯ ކެރިއާ އަކާއި، 100 މެޓްރިކް ޓަނުގެ މަސް ގަނޑުކުރުމުގެ ޤާބިލްކަން ހުރި މަދަރ ވެސަލްއެއް ހިމެނެއެވެ.

މީގެއިތުރުން މިފްކޯއިން ވަނީ މިދިޔަ އަހަރުތެރޭ 4 އައިސްޕްލާންޓު އަލަށް ހުޅުވާފައެވެ. އެއީ، ރ. މަޑުއްވަރީ އައިސްޕްލާންޓާއި، ހއ. ހޯރަފުށީ އައިސްޕްލާންޓާއި، ކ.ގާފަރު އައިސްޕްލާންޓުގެ އިތުރުން ފެލިވަރު ކޮމްޕްލެކްސްގަައި ޤާއިމްކޮށްފައިވާ އައިސްޕްލާންޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!