މަސްވެރިކަމާއި ގުޅޭ

001C8923-916B-42E0-8F93-0DC74FDE2CD1

އިިންޑިއާގެ މަހަރާޝްތްރާގައި 2 މަސްދުވަހަށް މަސްވެރިކަން ކުރުން މަނާ

އިިންޑިއާގެ މަހަރާޝްތްރާ ސްޓޭޓުގައި ޖޫންމަހުގެ އެއްވަނަ ދުވަހުން ޖުލައިމަހުގެ 31ވަނަ ދުވަހާއި ހަމައަށް މަސްވެރިކަން ކުރުން މަނާކޮށްފިއެވެ.

އެގޮތުން އެ ސްޓޭޓުގެ ކަނޑުގެ އައްސޭރީގެ 12 ނޯޓިކަލް މޭލާއި ހަމައަށް މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. މިއީ މަހުގެ އާބާދީ އިތުރުކުރުމަށް އަޅާ ފިޔަވަޅެކެވެ.

ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު މަހަރާޝްތްރާ ސްޓޭޓުގެ ކަނޑުގެ އައްސޭރިން މަސް ބޭނުން މަނާކުރެއެވެ. އަދި މި ޤަވާއިދާއި ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާއެއް ދައްކަން ޖެހެއެވެ. ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހެނީ ކުޑަ އަދަދަކަށްވުމުން ގަވާއިދާއި ހިލާފަށް ގިނަ އަދަދެއްގެ ބަޔަކު މަސްވެރިކަމަށް މި ދުވަސްވަރުދެއެވެ. މިކަން ހުއްޓުވުމަށްޓަކައި މަހަރާޝްތްރާ ސްޓޭޓުން މިވަނީ މިއަހަރުން ފެށިގެން ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާ ދައްކަން ޖެހޭގޮތުން ނިންމާފައެވެ.

އާއްމުގޮތެއްގައި ކޮންމެ އަހަރެއްވެސް ޖޫން އަދި ޖުލައި މަހު ކަނޑުތައް ގަދަވެއެވެ. މިއީ މަސް ބިސް އަޅާ މަހުގެ އާބާދީ އިތުރުވާ ދުވަސްވަރުވެސްމެއެވެ. އެހެންކަމުން ކަނޑުގެ ދިރުންތަށް ހިމާޔަތްކުރުމަށް މިވަނީ މިދުވަސްވަރު މަސްވެރިކަން ކުރުން މަނާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. Den mi masverin thah fonuvaanee raahje akah noon . .mi jehunee aneh kanthah. Fonu vaafaane raahjeyge kandu hus kohlan bodethi daa thah deefa . Kandu adi ves kahaa laane mi verin. .boa gose bayeh ulhey thaneh .kandu hus vaathee o.

Comments are closed.