މަސްވެރިކަމާއި ގުޅޭ

Th Veymandoo

ވޭމަންޑޫގެ ބޮޑު އާބާދީއެއް މަސްވެރިކަމުން ނަފާ ހޯދާ!

ޒުވާނުން މަސްވެރިކަމާ ދުރުގައި އުޅުނު ނަމަވެސް ތ. ވޭމަންޑޫއަކީވެސް މަސްވެރި ރަށެކެވެ.

އެރަށު ކައުންސިލް މެމްބަރު ފައިސަލް ޔޫސުފް މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ތ އަތޮޅަކީ ވަކި ދުވަސްވަރަކު މަސްވެރިކަން ރަނގަޅު ވާތީއާއި، މަސްވެރިކަމުން ދެމެހެއްޓެނިވި ގޮތެއްގައި އާއްމްދަނީ ނުލިބޭތީ، ގިނަ ޒުވާނުން މަސްވެރިކަން އިހުތިޔާރު ނުކުރާ ކަމަށެވެ. ނަމަވެސް ފެށުނީއްސުރެ މަސްވެރިކަމުގައި އުޅޭ މީހުން އެބަތިބި ކަމަށާއި، އޭގެން ބައެއް މީހުންނަށް މިހާރު 65 އަހަރުވެސް ވެފައިވާ ކަމަށެވެ.

ވޭމަންޑޫގައި މައިގަނޑުކޮށް ކުރަނީ ދޮށީގެ މަސްވެރިކަމާ ފަރުމަހުގެ މަސްވެރިކަމުގެ އިތުރުން ފާނައިގެ މަސްވެރިކަމެވެ.

ބޮޑު ކަންނެލީގެ މަސްވެރިކަން ހުއްޓިފައި އޮންނަތާ ދެތިން އަހަރުވެދާނެއެވެ. އޭރު ވޭމަންޑޫގައި ކަންނެލީގެ މަސްވެރިކަން ކުރާ ހަތަރު ވަރަކަށް ދޯނި އޮތެވެ.

"އެކަށީގެންވާ އަގެއް ނުލިބޭތީއާއެކު، ދެން ދާ ޚަރަދުތައް ބޮޑުވީމަ (ކަންނެލީގެ) މަސްވެރިކަން ހުއްޓާލީ" ފައިސަލް ވިދާޅުވިއެވެ.

ނަމަވެސް މިހާރުވެސް ކަނޑުމަހާއި ފަރު މަހުގެ މަސްވެރިކަން އެރަށުގައި ކުރެއެވެ. އެގޮތުން ކަނޑުމަހަށް ދާ ފަސް ދޯންޏާއި ފަރު މަހުގެ މަސްވެރިކަމުގައި އުޅޭ ހަތަރު ދޯންޏެއް އޮވެއެވެ.

ޖުމުލަ އާބާދީގައި 1200 މީހުން އުޅޭ ވޭމަންޑޫގައި މަސްވެރިކަމުގައި ހިއްސާވަނީ އާބާދީގެ ތިންބައިކުޅަ ދެބައި ކަމަށް ފައިސަލް ވިދާޅުވިއެވެ. ބާކީ އިންސައްތަ ހިއްސާކުރަނީ އޮފީސްތަކުގެ މުވައްޒަފުންނާއި ދަނޑުވެރިންގެ އިތުރުން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހުންނެވެ.

ވޭމަންޑޫއަކީ މަސްކެއްކުމާއި ރިހާކުރު ކެއްކުންވެސް ކުރިއަށް ގެންދިޔަ ރަށެކެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެކަންކަން މަޑުޖެހުނީ ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެ އިތުރުން، ލަންކާއަށް އެކްސްޕޯޓްކުރާ މަސް އެ ގައުމަށް އެތެެރެ ކުރުމުގައި އުނދަގޫތަކެއް ހުރުމާއެކު، މަސް ކެއްކުކުގެ މަސައްކަތް މެދުކެނޑުނީއެވެ.

ފައިސަލް ވިދާޅުވި ގޮތުގައި، އެރަށުގައި ކައްކާ މަސް އާއްމުކޮށް ފޮނުވަނީ މާލެއަށެވެ. އޭގެ އިތުރުން، އެ އަތޮޅު ހިރިލަންދޫ މީހުން، މަސް އެކްސްޕޯޓް ކުރާއިރު، ވޭމަންޑޫއިން މަސް ކައްކާ މީހުންގެ މަސްކޮޅާއެކު ފޮނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސް ބާނާ އޮޑިފަހަރުގައި ބިދޭސީން ނުގެންގުޅުނު ނަމަވެސް މަސް ކެއްކުމުގައި ބިދޭސީން ހިއްސާވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ރަށުގައި ކޮންސްޓްރަކްޝަން މަސައްކަތް ފަދަ، މަހުން މަހަށް ބަރާބަރަށް މުސާރަލިބޭ މަސައްކަތްތައް ހުރުމާއެކު، އެރަށުގެ ޒުވާނުންގެ މިސްރާބު މަސްވެރިކަމަކަށް ނުހުރެއެވެ. އެހެންކަމުން މަސްވެރިކަމަށް އަލަށް ނުކުންނަ ޒުވާނުން އެރަށުގައި ވަރަށް މަދެވެ. ނަމަވެސް މުނިފޫހި ފިލުވައިލުމަށާއި މަޖާކޮށްލުމަށް ޅަ އުމުރުގެ ކުދިންވެސް މަހަށް ދާ ކަމަށް ފައިސަލް ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

4 Responses

  1. ހުސްދޮގު.ތިންބައިކުޅަ.ދެބައި މަސްވެރިކަމުގަ ނޫލޭ.ގިނައީ ވަޒީފާއަދާކުރާ މީހުން.ދެން ދަނޑުވެރިކަން..އޮންނަނީ ދެ ދޯނި.ދޯންޏެއްގަ ގިނަވެގެން އުޅެނީ 25 މީހުން.ޖުމްލަ 50. އެއީ އާބާދީގެ ތިންބަކުޅަ އެއްބައިކަމަށްވާނަމަ ދެން އެވަރު.

    1. ބަހީރު އަށް އިގެނީ. ޥޭމަންޑޫ ގަ މިހާރުވެސް 5 ދޯނި މަސްވެރިކަން ކުރާނެ. ދޯނީގަ މަދުވެގުން 15 މީހުން އުޅޭނެ. މިހާރުވެސް ދެދޯނި ބަންނަމުން ދަނީ.

Comments are closed.