މަސްވެރިކަމާއި ގުޅޭ

4LVR8J8_MrChilt_Snapperedited_jpg

ބޭނި މަހުގައި، މީގެ 20 އަހަރު ކުރިން ޖެހި ޓެގެއް

މީގެ 20 އަހަރު ކުރިން ޖަހާފައިވާ ޓެގަކާއި އެކު މަހެއް ބާނައިފިއެވެ. މިމަސް ބާނާފައިވަނީ އެމަސް ޓެގު ޖެހުމަށްފަހު އޭރު ދޫކޮށްލާފައިވާ ހިސާބުންނެވެ.

ނިއުޒިލޭންޑުގެ މަސްވެރިއެއް ކަމަށްވާ ޗިލްޓަށް މިމަސް ބޭނުމުން އޭނާއަށް އެމަހުގައި ޓެގެއް ހުރިކަން އެނގުމުން އޭނާވަނީ އެމަހުގެ ވީޑިއޯ ރެކޯޑުކޮށް އޭނާގެ ޔޫޓިއުބު ޗެނަލްގައި ހިއްސާކޮށްފައެވެ. އަދި ޓެގު ދިރާސާ ކުރުމުން އެއީ ނިއުޒިލޭންޑުގެ ނޭޝަނަލް އިންސްޓިޓިއުޓު އޮފް ވޯޓަރ އެންޑު އެޓްމޮސްފެރިން ރިސަރޗް (ނިވާ) އިން 2002ވަނަ އަހަރުގެ ފެބްރުއަރީމަހު ޖަހާފައިވާ ޓެގެއްކަން އެނގުނެވެ. އަދި ޗިލްޓުވަނީ އެ ވުޒާރާއަށް މިމަހުގެ މައުލޫމާތުތައް ހިއްސާކޮށް ޓެގު އެ ވުޒާރާއަށް ފޮނުވާފައެވެ.

ރަތްމަހުގެ އާއިލާއަށް ނިސްބަތްވާ މިމަހުގައި ޓެގު ޖެހިއިރު، މަހުގެ ދިގު މިނަކީ 49 ސެންޓި މީޓަރެވެ. އަދި ބަރުދަނުގައި 2.35 ކިލޯ ހުއްޓެވެ. އަދި 20 އަހަރު ފަހުން އެމަސް ފެނިފައިވާއިރު، މަހުގެ ދިގުމިނަކީ 65 ސެންޓިމީޓަރެވެ. އަދި ބަރުދަނުގައި 5.27 ކިލޯ ހުރިކަމަށް ޗިލްޓު ބުނެއެވެ.

މިއީ ޕެސިވް އިންޓަރގްރޭޓަޑު ޓްރާންސްޕޮންޓަރ ޓެގެކެވެ. މިއީ މަހުގެ ބައޯމާސް ބެލުމަށް ޖަހާފައިވާ ޓެގެކެވެ. އެހެން ނަމަވެސް 2002ވަނަ އަހަރު އެ މަޝްރޫޢުވަނީ ނިންމާލާފައެވެ. އެގޮތުން ޗިލްޓު ބާނާފައިވާ މިމަހަކީ އެގޮތަށް އެންމެ ފަހުން ޖެހި ޓެގުތަކުގެތެރޭގައި ހިމެނޭ މަހެކެވެ.

ނިވާގެ ފިޝަރީޒް ޕްރޮގްރާމްގެ ޑިރެކްޓަރ ޑރ. ޑެރެން ޕާސަންސް ބުނެފައިވަނީ ޓެގު ޖެހިފަހުން އެހާ ގިނަ އަހަރުތަކެއްކޮށްފައި މަސް ފެނުމަކީ އާއްމުކޮށް ދިމާވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މި މަސް ހަމަ އޭރު ދޫކޮށްލި ހިސާބުން ފެނުމަކީ ހައިރާންވާ ކަމެއްް ނޫން ކަމަށް ޑެރެން ބުނެއެވެ. ސަބަބަކީ މިއީ މޫސުމާއި އެއްކޮށް އެކި ހިސާބުތަކަށް ދަތުރުކުރާ މަހަކަށްވުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!