މަސްވެރިކަމާއި ގުޅޭ

Untitled

އެންޒީއިން އައު ވަތްތަރެއްގެ މަސް ދަޅެއް ބާޒާރަށް ނެރެފި

އެންޒީއިން އައު ވަތްތަރެއްގެ މަސް ދަޅެއް ބާޒާރަށް ނެރެފިއެވެ.

ބޮލުމަސް، ސްކިޕް ޖެކު ޓޫނާ އިން ހެޑު މީޓުގެ ނަމުގައި ނެރެފައިވާ މި މަސްދަޅު ބާޒާރަށް ތައާރަފްކޮށްފައި މިވަނީ މިމަހުގެ 2 އިން 4 އަކަށް ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ އެފް އެންޑު ބީ އެކްސްޕޯގައެވެ.

މި މަސްދަޅަކީ ކަނޑުމަހުގެ ބޮލުގެ ބާވަތްތަކުން އުފައްދާފައިވާ މަސްދަޅެއް ކަމަށް އެންސިސްއިން ހާމަކުރެއެވެ. މި މަސްދަޅު ހާއްސަކޮށްފައިވާނީ މަހުގެ ބޯ ކަމުދާ މީހުންނަށް ކަމަށްވެސް އެންސިސްއިން ބުނެއެވެ.

މި މަސް ދަޅަކީ ފަސޭހަކަމާއި އެކު ވަގުތުން ކާލެވޭ ގޮތަށް އުފައްދާފައިވާ މަސް ދަޅެކެވެ.

އެންސިސް އިން ބުނި ގޮތުގައި މި ހަފްތާތެރޭ އެންޒީގެ ހުރިހާ ފިހާރައަކުންވެސް މި މަސްދަޅު އާއްމުންނަށް ލިބޭނެއެވެ. އަދި ސެންޓްރަލް ޕާކުގައި މިމަހުގެ 2 އިން 4 އަށް ކުރިއަށްދާ އެފް އެންޑު ބީ އެކްސްޕޯއިން ވެސް މި މަސްދަޅުގެ ރަހަ ބަލާލުމުގެ ފުރުސަތު އާއްމުންނަށް ލިބޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!