މަސްވެރިކަމާއި ގުޅޭ

Kch-060622-dd-turtle-p1

11700 ވެލާ ބިސް ބޭރުކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ތޭރަ ފޮށިގަނޑެއްގައި ހުރި 11700 ވެލާ ބިހާއެކު ދެ މީހަކު މެލޭޝިއާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މީގެ އަގު ގާތްގަނޑަކަށް 24000 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެއެވެ.

ގިނަ އަދަދެއްގެ ވެލާ ބިހާއި އެކު ދެ މީހުން ހައްޔަރުކޮށްފައިވަނީ މެލޭޝިއާގެ ލާވާސް ކިޔާ ހިސާބަކުންނެވެ. އެމީހުން އުޅުނު ގޮތުން ފުލުހުންނަށް ޝައްކު ކުރެވިި، އެމީހުން ދުއްވި ވެހިކަލް ބަލާ ފާސްކުރުމުގެ ތެރޭގައި ފުލުހުންނަށް ވަނީ ވެލާބިސް ފޮށިގަނޑުތައް ފެނިފައެވެ.

މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ފިރިހެނަކާއި 37 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ތުހުމަތުކުރާގޮތުގައި އެމިީހުން މަސައްކަތް ކުރަމުން ދިޔައީ އަވައްޓެރި ޤައުމަކަށް އެ ބިސްތައް ފޮނުވާލުމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ބިސްތައް ހުރީ ފުޅިމަދު ފޮށިގަނޑު ތަކެއްގައި ބަންދުކޮށްފައެވެ. ކޮންމެ ފޮށިގަނޑެއްވެސް ފުރެންދެން ބިސް އަޅާފައި ހުއްޓެވެ.

އެމީހުންގެ އަތުން އަތުލައިގަނެފައިވާ ބިސްތައްވަނީ މެލޭޝިއާގެ ސަރަވަކް ފޮރެސްޓްރީ ކޯރޕަރޭޝަނާއި ހަވާލުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!