މަސްވެރިކަމާއި ގުޅޭ

big_s930w4BVZnlkzHp0IUgpadxMh

ހިންންވަރުގެ %50 މީހުން އުޅެނީ ފެލިވަރުން ލިބޭ އާމްދަނީއިން

ޅ. ހިންންވަރުގައި މަސްވެރިކަމުގެ ގޮތުން ކުރަމުން ދަނީ  ދޮށީގެ މަސްވެރިކަމެވެ.

ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން ފަރުމަހުގެ މަސްވެރިކަން ކަންވެސް ކުރެއެވެ. ކަނޑުމަހުގެ މަސްވެރިކަން ކުރާ ހަތަރު ދޯންޏާއި ފަރުމަހުގެ މަސްވެރިކަން ކުރާ ދެތިން ދޯނި ހިިންނަވަރުގައި އޮވެއެވެ.

ހިންނަވަރު ކައުންސިލްގެ ނައިބުރައީސް އަހުމަދު އަބްދުﷲ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މަސްވެރިކަމުގެ އިތުރުން މަސްކައްކާ ހިއްކަން ރަށުގައި ދެ ތަނެއް ހަދައިގެން ދެ މީހަކު އުޅޭ ކަމަށެވެ. އެގޮތުން ކައިރި ރައްރަށުން އަންނަ ދޯނިތަކާއި ފެލިވަރަށް މަސްކިރަން އަންނަ ދޯނިތަކުން ނުކިރޭ މަސް ވެސް އެ ފަރާތްތަކުން ގަނެގެން ކައްކައެވެ.

މަސްކައްކާ ހިއްކުމުގައިވެސް ހިންންވަރުގައި ބިދޭސީން ހަރަކާތްތެރިއެއް ނުވެއެވެ.

ރަށުގައި ވަޒަންވެރިވެގެން އުޅޭ އާބާދީ ދަށް ވުމާއެކު މަސްވެރިކަަމާ ގުޅުންހުރި ކަންތައްތަކުގައި އުޅޭ މީހުންވެސް މަދު ކަމަށް އަހުމަދު ވިދާޅުވިއެވެ.

ހިންނަވަރުގެ ޒުވާނުން ގިނައިން ރިސޯޓުގައި ވަޒީފާ އަދާކުރާއިރު، އެއަށްވުރެ ދޮށީ ގިނަ ފިރިހެނުން މަސައްކަތް ކުރަނީ ރަށާ ކައިރީގައި އޮންނަ ފެލިވަރުގައެވެ.

ހިންނަވަރުގެ ގާތްގަނަޑަކަށް 350 - 400 މީހުން ފެލިވަރުގައި މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި މަސް ކެނޑުމުން ފެށިގެން، ފެކްޓްރީގެ ސުޕަވައިޒިން ހިމެނޭހެން ހިންގުމުގެ ދާއިރާގައިވެސް އެރަށު މީހުން ހަރަކާތްތެރިވެއެވެ.

ފެލިވަރު

ދޯންޏެއްގައި 10 ވަރަކަށް މިނެޓުން ދެވޭ ފެލިވަރުގައި މަސައްކަތް ކުރާ ގިނަ މީހުން ހެނދުނު ވަޒީފާއަށް ހިންނަވަރުން ފެލިވަރަށް ދިއުމަށްފަހު މަސައްކަތް ނިމުމުން އެނބުރި ހިންނަވަރަށް ދަނީއެވެ. އެގޮތަށް ނުދެވޭނީ ބޯޓުފަހަރުގައި އުޅޭ މީހުންނަށެވެ. ސަބަބަކީ އެމީހުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަސް ގަންނަން ގޮސް އުޅޭތީއެވެ.

ދެ ދޯނިން ހެނދުނާއި ހަވީރު އަދި ރޭގަނޑު ހިންނަވަރާއި ފެލިވަރާ ދެމެދު މީހުން އުފުލުމުގައި ދަތުރުކުރެއެވެ. އެހެންކަމުން ގިނަ މީހުން ކޮންމެ ދުވަހެއްގެ ވަޒީފާ ނިމުމުން ނިދަން ދަނީ ރަށަރެވެ.

ރަށުގައި ރަޖިސްޓްރީވެފައިވާ 5000 އެއްހާ މީހުންގެ ތެރެއިން ރަށުގައި މިވަގުތު އުޅެމުން ދަނީ 3000 އެއްހާ މީހުންނެވެ.

ރަށުގެ ގާތްގަނޑަކަށް ރަށުގެ 50 ޕަސެންޓް މީހުން ދިރިއުޅެނީ ފެލިވަރުން ލިބޭ އާމްދަނީއިން ކަމަށް ކައުންސިލްގެ ނައިބުރައީސް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ރަށުގައި މަސްވެރިކަމަށް ދާ ދޯނިފަހަރު ނުގެނެވެނީ މަހަށްދާނެ މީހުން ނުވާތީ ކަމަށެވެ.

ހިންނަވަރުގެ ޒުވާނުން މިހާރު މަސްވެރިކަމަކަށް ނުނިކުމެއެވެ. ގިނަ ޒުވާނުް ވަޒީފާ އަދާކުރަނީ ރިސޯޓުތަކުގައެވެ. ޒުވާނުން ބުނާގޮތުން، މަސްވެރިކަމުގައި ނޫޅެވެނީ އެކަށީގެންވާ މިޒަމާނުގެ ދޯނިފަހަރު ނުހުންނާތީ ކަމަށް އަހުމަދު ވިދާޅުވިއެވެ. އަދި އޮޑިވެރިން ބުނާގޮތުން ދޯނުފަހަރު ނުގެނެވެނީ، އެކަށީގެންވާ މީހުން ނެތުމުންނެވެ.

ކުރިއަށްއޮތް ތާނގައި އެފަދަ ކަންތައްތައް ހައްލު ކުރުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!