މަސްވެރިކަމާއި ގުޅޭ

292675567_566266598461151_5359754018727817891_n

ކަނޑައިގެންގޮސްފައިވާ 5 ކަނދުފަތި އަލުން ޤާއިމްކޮށްފި

ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކޮށްފައިވާ ކަނދުފަތި ވިޔުގައިން ކަނޑައިގެންގޮސްފައިވާ 5 އޮއިވާލި ކަނދުފަތި އަލުން ޤާއިމްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ދޮށީގެ މަސްވެރިކަމަށް ޚާއްޞަކޮށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިޔުގައިން އެކިސަބަބުތަކާހުރެ ކަނޑައިގެން ގޮސްފައިވާ އޮއިވާލި ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް 18 ޖުލައި 2022 ގައި ވަނީ ފަށާފައިކަމަށެވެ. މިދަތުރުގައި ހއ، ށ، ޅ، ކ އަދި އއ އަތޮޅުން ކަނޑައިގެންގޮސްފައިވާ 5 ކަނދުފަތި ވަނީ ޤާއިމްކޮށްފައި ކަމަށެވެ. މިއީ މިއަހަރުގެ 5 ވަނަދަތުރެވެ.

މިދަތުރުގައި ޤާއިމްކުރި ކަނދުފަތިތަކުގެ ތަފްޞީލް:

1 - ކަނދުފަތީގެ މަޢުލޫމާތު:
ޤާއިމްކުރި ސަރަޙައްދު : ކ. މާފުށީގެ އިރު ދެކުނުން 12.6 މޭލު ބޭރުގައި
ކަނދުފަތީގެ ނަންބަރު : H10D01
ޤާއިމްކުރި ތާރީޚު: 20 ޖުލައި 2022
ޕޮޒިޝަން : 03 ދަރަޖަ 52 މިނިޓް 01 ސިކުންތު، އުތުރު އަރުޞު ((03˚52'01"N
73 ދަރަޖަ 41 މިނިޓް 17 ސިކުންތު، އިރު ތޫލު (73˚41'17"E)

2 - ކަނދުފަތީގެ މަޢުލޫމާތު:
ޤާއިމްކުރި ސަރަޙައްދު : ޅ. ފާދޫގެ އިރު އުތުރުން 10.25 މޭލު ބޭރުގައި
ކަނދުފަތީގެ ނަންބަރު : F10D01
ޤާއިމްކުރި ތާރީޚު: 21 ޖުލައި 2022
ޕޮޒިޝަން : 05 ދަރަޖަ 30 މިނިޓް 02 ސިކުންތު، އުތުރު އަރުޟު (05˚30'02"N)
73 ދަރަޖަ 47 މިނިޓް 23 ސިކުންތު، އިރު ތޫލު (73˚47'23"E)

3 - ކަނދުފަތީގެ މަޢުލޫމާތު:
ޤާއިމްކުރި ސަރަޙައްދު : ހއ. ފިއްލަދޫގެ އިރުން 15 މޭލު ބޭރުގައި
ކަނދުފަތީގެ ނަންބަރު : C09D01
ޤާއިމްކުރި ތާރީޚު: 23 ޖުލައި 2022
ޕޮޒިޝަން : 06 ދަރަޖަ 54 މިނިޓް 20 ސިކުންތު، އުތުރު އަރުޟު (06˚54'20"N)
73 ދަރަޖަ 48 މިނިޓް ސިކުންތު،އިރު ތޫލު (73˚29'41"E)

4 - ކަނދުފަތީގެ މަޢުލޫމާތު:
ޤާއިމްކުރި ސަރަޙައްދު : ކޮމަންޑޫގެ ހުޅަނގު ދެކުނުން 23 މޭލު ބޭރުގައި
ކަނދުފަތީގެ ނަންބަރު : E08D01
ޤާއިމްކުރި ތާރީޚު: 24 ޖުލައި 2022
ޕޮޒިޝަން : 06 ދަރަޖަ 00 މިނިޓް 15 ސިކުންތު، އުތުރު އަރުޞު ((06˚00'15"N
72 ދަރަޖަ 41 މިނިޓް 39 ސިކުންތު، އިރު ތޫލު (72˚41'39"E)

5 - ކަނދުފަތީގެ މަޢުލޫމާތު:
ޤާއިމްކުރި ސަރަޙައްދު : އއ. މަތިވެރީގެ ހުޅަނގު އުތުރުން 15 މޭލު ބޭރުގައި
ކަނދުފަތީގެ ނަންބަރު : H08D01
ޤާއިމްކުރި ތާރީޚު: 25 ޖުލައި 2022
ޕޮޒިޝަން : 04 ދަރަޖަ 16 މިނިޓް 23 ސިކުންތު، އުތުރު އަރުޞު ((04˚16'23"N
72 ދަރަޖަ 32 މިނިޓް 06 ސިކުންތު، އިރު ތޫލު (72˚32'06"E)

މި ފަސް ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަމަށް ޚާޞަކޮށްގެން ޤާއިމްކޮށްފައިވާ އޮއިވާލިކަނދުފަތި ތަކެއްކަމަށާއި، ކަނދުފަތީގެ ވިޔުގައަކީ ދަޢުލަތުން ވަރަށްބޮޑުހޭދައެއް ކޮށްގެން ދޮށީގެ މަސްވެރިކަމުގައި ޙަރަކާތްތެރިވާ މަސްވެރިންގެ ލާބަޔާއި މަންފާއަށް ޤާއިމްކޮށްފައިވާ ކަނދުފަތިތަކެއްކަމުގައި ވާތީވެ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާއިދުގެ 21 ވަނަ މާއްދާއާއި، 22 ވަނަމާއްދާގައި ވާފަދައިން  އޮއިވާލި ކަނދުފަތި ތަކަށްގެއްލުން ވާފަދަ ޢަމަލެއް ނުހިންގުމާށާއި، އޮއިވާލި ކަނދުފަތީގެ ވިޔުގައިގައި ހިމެނޭ އެއްވެސް ކަނދުފައްޗެއްގެ ވަށައިގެންވާ 3 މޭލު ސަރަޙައްދުގައި އާންމުކޮށް ދިވެހިންކުރާ ކަނޑުމަހުގެ ދޮށީގެ މަސްވެރިކަން ފިޔަވައި އެހެންބާވަތެއްގެ މަސްވެރިކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!