މަސްވެރިކަމާއި ގުޅޭ

faroe island

ފެރޯ އައިލެންޑްސްގައި 100 ކޯމަސް މަރާލައިފި

ފެރޯ އައިލެންޑްސްގެ ސަޤާފީ ހަރަކާތެއްގެ ތެރެއިން 100 ބޮޓަލްނޯސް ޑޯލްފިން މަރާލައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި މި ހަރަކާތުގައި، އެހާ ގިނަ ކޯމަސް މަރާލުމުން އެ ސަރަހައްދުގެ މޫދުވަނީ ރަތްކުލައަށް ބަދަލުވެފައެވެ. ކޯމަސްތައް މަރާލާފައިވަނީ އެއްގަމަށް އެ އެއްްޗެހި ގެޓް ސްކީތަކާއި ސްޕީޑު ބޯޓުތަކުގައި ބީޗާއި ހަމައަށް ފައްސައިގެން ގެނައުމަށް ފަހު، ބުޅި، ވަޅި އަދި ސްޕިއާސްއިން ހަމަލާދީގެންނެވެ.

އަދި ބައެއް ކޯމަސްތައްވަނީ އެއްގަމުގައި ނޭވާ ހާސްވެގެންވެސް މަރުވެފައެވެ. ކޯމަސް ޝިކާރަކުރުމުގެ ހަރަކާތުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާއިރު، ގިނަ ބަޔަކު ދަނީ މި ކަމަށް ފާޑުކިޔަމުންނެވެ.

އެހެން ނަމަވެސް މި ހަރަކާތް ދިފާއުކޮށް ފެރޯ އައިލެންޑުގެ ރައްޔިތުން ބުނަނީ މިއީ އެމީހުންގެ ސަޤާފީ ހަރަކާތެއް ކަމަށެވެ. 18 ރަށެއް އެއްކޮށް އޮންނަ ފެރޯ އައިލެންޑްސް އަކީ ޑެންމާކުގެ ބެލުމުގެ ދަށުގައި އޮންނަ ރަށެކެވެ.

ފެރޯ އައިލެންސްގައި ބާއްވާ ކޯމަސް ޝިކާރަކުރުމުގެ ހަރަކާތަކީ އެ ރަށުގައި މީހުން އެންމެ ފުރަތަމަ އާބާދުވީ ހިސާބުން ފެށިގެންވެސް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ހަރަކާތެކެވެ. އެގޮތުން މިކަމުން ލިބޭ މަހުގެ ބޭނުން ކެއުން ބުއިމަށް ބޭނުން ކުރާ ކަމަށާއި، މިއީ ގިނަ ބަޔަކަށް އެކަމުގެ ސަބަބުން ފައިދާވާ ކަމެއް ކަމަށް އެ ޤައުމުގެ ގިނަ ބަޔަކު ދެކެއެވެ.

އެހެންނަމަވެސް މި ހަރަކާތަކީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ހަރަކާތެކެވެ. މިދިޔަ އަހަރު ވަނީ 1428 ކޯމަސް މި ހަރަކާތުގައި މަރާލާފައެވެ. އަދި ކޯމަސްތައް މަރާލާފައިވަނީ ޖެޓް ސްކީ ތަކާއި ސްޕީޑު ބޯޓުތަކުގައި އެތަކެތި ބީޗާއި ހަމައަށް ފައްސައިގެން ގެނައުމަށް ފަހުގައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!