މަސްވެރިކަމާއި ގުޅޭ

shark_finley_hospital

ނިދަން މިޔަރުތަކެއްގެ ހަމަލާއިން ކުުޑަ ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް

މިޔަރުތަކެއްް ހަމަލާ ދިނުމުގެ ސަބަބުން ކުޑަ ފިރިހެން ކުއްޖަކަށް ބޮޑެތި ޒަހަމްތަކެއް ލިބި، ތިން ގަޑިއިރުގެ ސަރޖަރީއެއް ހަދަން ޖެހިއްޖެއެވެ.

ބަހަމާސްއަށް އާއިލާ އާއި އެކު ޗުއްޓީއަށް ދިޔަ، ފިންލީ ޑައުންނ،ާ 8އ މިޔަރުތަކާއި އެކު ފަތާ ހެދުމަށް މޫދަށް އެރި އުޅުނީ އިތުރު އެހެން މީހުންނާއިވެސް އެކުއެވެ. ފިންލީއަށް ހަމަލާދީފައިވަނީ ނަރސް ޝާކު ނުވަތަ ނިދަން މިޔަރުތަކެކެވެ. އެގޮތުން އެބާވަތުގެ ތިން މިޔަރު އޭނާ ވަށާލައި، ފައިގެ އެކި ތަންތަނަށްވަނީ ހަމަލާދީފައެވެ.

ނިދަން މިޔަރަކީ މަޑުމައިތިރި މަހެކެވެ. އަދި މިއީ އިންސާނުންނަށް ހަމަލާދޭ ބާވަތުގެ މިޔަރެއްވެސް ނޫނެވެ. އެހެން ނަމަވެސް ފިންލީ މޫދަށް އެރި އުޅުނު ހިސާބުގައި ތިބި ބަޔަކު ދިޔައީ މިޔަރަށް ކާން ދިނުމަށް ކުދި މަހާއި، އިހި ފަދަ ތަކެތި މޫދަށް އަޅަމުންނެވެ. އެހެން ކަމުން މިޔަރުތައް އެ އެއްޗެހި ކަމުންގޮސް ފިންލީގެ ފައިވެސް ހަފާލީކަމަށް ބެލެވެއެވެ.

ފިންލީ މިޔަރުތައް ކައިރިން ސަލާމަތްކޮށް އެއްގަމަށް އެރުވީ އޭނާ އާއި އެކު މޫދުގައި އުޅުނު 12އ ގެ ދައްތައެވެ. ފިންލީގެ ފައިގެ އެކި ތަންތަނުން މަސްތައް އޭރު ހުރީ އެލިފައެވެ. ފިންލީގެ ބައްޕައަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ.

ފިންލީގެ ފުރާނަ ސަލާމަތްކުރެވުނީ އެވަގުތު އެތަނުގައި ޑޮކްޓަރެއް ހުރުމުންނެވެ. އެގޮތުން އޭނާ އަވަސް ފަރުވާ ދިނުމަށްފަހު، ޕްރައިވެޓު ޖެޓެއްް ކުއްޔަށް ނަގައިގެން ކައިރީގައި ހުރި ހޮސްޕިޓަލަކަށް ފިންލީ ގެންދިޔައެވެ. އެތަނުގައި އޭނާ ވަނީ ތިން ގަޑިއިރުގެ ސަރޖަރީއެއް ހަދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!