މަސްވެރިކަމާއި ގުޅޭ

ރީނދޫއުރަހަ ކަންނެލި ބާނަން ބޭނުންކުރާ އެން
ރީނދޫއުރަހަ ކަންނެލި ބާނަން ބޭނުންކުރާ އެން

ގދ ގެ ރިސޯޓުތައް ކައިރީ އެންވެރިކަން ނުކުރަން އެންގުމުން މަސްވެރިން ރުޅިގަދަވެއްޖެ

ގދ އަތޮޅު ރިސޯޓުތައް ކައިރީ އެންވެރިކަން ނުކުރުމަށް، ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާއިން އެންގުމާ ގުޅިގެން، މަސްވެރިން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ގައްދޫ ކައުންސިލުން އިއްޔެ އާއްމުކުރި އިއުލާނެއްގައި ބުނީ، އެ އަތޮޅު ބައެއް ރިސޯޓުތައް ކައިރިން އެންވެރިކަން ކުރާތީ، ފަތުރުވެރިންނަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިވެ، ރިސޯޓުތަކުން އެކަމުގެ ޝަކުވާ ކައުންސިލަށް ހުށަހަޅާފައިވާ ކަމަށެވެ.

ގދ އަތޮޅު ރިސޯޓުތައް ކައިރީ އެންވެރިކަން ނުކުރުމަށް އަންގައިފި

އެކަމާ ގުޅިގެން މަސްވެރިން ދަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް މަސްވެރިން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދުގައި ރިސޯޓުތައް ހެދީ އެންވެރިކަމާއި މަސްވެރިކަން ކުރަމުން ދަނިކޮށެވެ. އެހެންކަމުން ކައުންސިލްގެ ނިންމުން ބަލައެއް ނުގަނެވޭ ކަމަށް މަސްވެރިން ބުނަމުން ދެއެވެ.

"މިދެން އަޖައިބެއްނު. މަސްވެރިން ވީ، މި މީހުން ބޭނުންވާ ތަނަކުންތަ އެންވެރިކަން ކުރަން. ފަތުރުވެރިން ގޮވައިގެން ގޮސް މި މީހުން އޯކޭ ދޯ ބޮއެ، ކަނދުފަތި ތަކުގައި ކުޅި ސަމާސަ ކުރިޔަސް. މި ގައުމުގަ މަސްވެރިން ނިކަމެތި ކުރަން ތި ކުރާ މަސައްކަތަށް މަސްވެރިން ޖެހޭ ރައްދު ދޭން،" ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރި މަސްވެރިއަކު ބުނެފައިވެއެވެ.

އެހެން މަސްވެރިއަކު ބުނެފައިވަނީ، އެން ފަރުތައް ކައިރީ ރިސޯޓުރައް ނަހަދަން އެންގުން ރަނގަޅުވާނެ ކަމަށެވެ. ހިތްހަމަ ނުޖެހުމާއެކު ނުރުހުން ފާޅު ކުރަމުން ދިޔަ މަސްވެރިން ބުނަނީ، ކައުންސިލްގެ ނިންމުން ބަލައި ނުގަނެވޭ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!