މަސްވެރިކަމާއި ގުޅޭ

FcCbeCdaAAEQ6bG

ކަންނެލި ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިފި

ކަންނެލި ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދިފިއެވެ.

އެމްއެންޑީއެފްއިން ބުނީ، "ބަރަކާތު" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް، މ.އަތޮޅު ތެރެއިން ފަރަކަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 07:06 ހާއިރު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މިހާރުވެސް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.

ހއ އަތޮޅުން ފެށިގެން ރ އަތޮޅާ ދެމެދު ވައިޓް އެލަރޓް ނެރެމުން މެޓުން ބުނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!