މަސްވެރިކަމާއި ގުޅޭ

Kanneli2

ކުޑަހުވަދޫ "ވައިލެޓްމާ -2" ދޯނި ވިއްކާލަން ނީލަމަށް

ދ. ކުޑަހުވަދޫ "ވައިލެޓްމާ -2" ދޯނިވެސް ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއުލާނު ކޮށްފިއެވެ.

މިއީ މި ހަފްތާ ތެރޭގައި ބީއެމްއެލްއިން ނީލަމަށް ހުޅުވާލި ތިންވަނަ ދޯންޏެވެ. މީގެ ކުރިން ތ. ވަންދޫ "ޝާކް 2" ދޯންޏާއި ގދ. ތިނަދޫ "އޭޝިއާ" ދޯނި ވިއްކާލަންވެސް ބޭންކުން ވަނީ ނީލަން ކިޔާފައެވެ.

މި ތިން ދޯނިވެސް ވިއްކާލަނީ، ބޭންކުން ދޫކޮށްފައިވާ ޑިމާންޑް ލޯނަކާ ގުޅިގެންނެވެ.

ޑިމާންޑް ލޯނަކަށް ރަހުނުކޮށްފައިވާ "ޝާކް 2" ދޯނި ބީއެމްއެލްއިން ނީލަމުގައި ވިއްކާލަނީ

ވައިލެޓްމާ-2 ދޯނި ވިއްކާލުމަށް ނީލަން ކިޔަމުން ބީއެމްއެލް އިން ބުނީ، މި ދޯނި ގަތުމަށް ނީލަން ހުށަހެޅޭނެ އެންމެ ދަށް އަގަކީ އެއް މިލިއަން ފަސް ލައްކަ ފަންސާސް ހާސް ރުފިޔާ ކަމަށެވެ.

ދިގުމިނުގައި 19.700 މީޓަރު އަދި ފުޅާމިނުގައި 4.980 ހުންނަ މި ދޯނީގެ ފުންމިނަކީ 2.530 މީޓަރެވެ.

ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތަތްތަކުން، އެކަމަށް އެދި ސިޓީ ފޮނުވަން ޖެހެނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ކަމަށް ބޭންކުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

މި ދޯނި ބިއްކާލުމަށް 2017 ވަނަ އަހަރުވެސް ބޭންކުން ވަނީ ނީލަން ކިޔާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!