މަސްވެރިކަމާއި ގުޅޭ

ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި
ފެލިވަރުން ނަމްބަރު ނަގައިން މަސްދޯނިފަހަރުން ނައިފަރު ބަނދަރުގައި

ޑިމާންޑް ލޯނަކަށް ރަހުނުކޮށްފައިވާ "ޝާކް 2" ދޯނި ބީއެމްއެލްއިން ނީލަމުގައި ވިއްކާލަނީ

ޑިމާންޑް ލޯނަކަށް ރަހުނުކޮށްފައިވާ "ޝާކް 2" ދޯނި ނީލަމުގައި ވިއްކާލަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިއުލާނުކޮށްފިއެވެ.

ބީއެމްއެލްއިން އާއްމުކުރި އިއުލާނެއްގައި ބުނީ، ތ. ވަންދޫ، ލުބޯމާގޭ، އަޙްމަދު ޝަފީޤަށް، ދޫކޮށްފައިވާ ޑިމާންޑް ލޯނަކާ ގުޅިގެން، ވަންދޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްފައިވާ ހުއްދައާ އެއްގޮތަށް، "ޝާކް 2" ދޯނި ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.

ދިގުމިނުގައި 21.640 މީޓަރު ހުންނަ ޝާކް-2 ދޯނީގެ ފުޅާމިނަކީ 5.480 މީޓަރެވެ. އަދި ފުންމިނަކީ 2.700 މީޓަރެވެ.

ނީލަމުގައި ހުށަހެޅޭނެ އެންމެ ދަށް އަގެއްކަމަށް ބޭންކުން ކަނޑައަޅާފައި ވަނީ، ހަތް ލައްކަ ހަތްދިހަހާސް ރުފިޔާއެވެ. މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތަތްތަކުން، އެކަމަށް އެދި ސިޓީ ފޮނުވަން ޖެހެނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ކަމަށް ބޭންކުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.

ގދ. ތިނަދޫއަށް ނިސްބަތްވާ ދޯންޏެއްގެ އިންޖީނު އަޅަން ދޯނި ރަހުނުކޮށް ލޯނެއް ނަގައި، އެ ލޯނު ނުދެއްކުމުން އެ ދޯނި ވިއްކާލަން ބޭންކުން އިއުލާނު ކުރީވެސް މި ހަފްތާގެ ތެރޭގައެވެ.

ދޯނި ބަނުމަށްފަހު އިންޖީނު އަޅަން ދޯނި ރަހުނުކޮށް ލޯނެއް ނަގައި، އެ ލޯނު ނުދެއްކުމުން ބޭންކުން ދޯނި ވިއްކާލަނީ

ބީއެމްއެލްއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ތިނަދޫ "އޭޝިއާ" ނަމަކަށް ކިޔާ ދޯނި ރަޙުނުކޮށް، ނަގާފައިވާ ޑިމާންޑް ލޯނަކާ ގުޅިގެން، އެ ދޯނި ނީލަމުގައި ވިއްކާލުމަށް ނިންމާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!