މަސްވެރިކަމާއި ގުޅޭ

ތަފާތު ސިފައެއް ޖަހާ މަހެއް
ތަފާތު ސިފައެއް ޖަހާ މަހެއް

ދެ އަނގަ އާއި ހަތަރު ލޯ އިންނަ މަހެއް

"ޝާނަބަލް ފިޝް"ގެ ނަން ދެވިފައިވާ، ދެ ބޯ އިންނަ މަހުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އަނެއްކާވެސް ދައުރުވާން ފަށައިފިއެވެ.

ޔޫކްރެއިންގައި 2017ވަނަ އަހަރު ބޭނި މިމަހުގެ ފޮޓޯ އަށް އޭރުވެސް ގިނަ ބައެއް ސަމާލުކަން ލިބުނެވެ. ބައެއް މީހުން ބުނާ ގޮތުގައި މިމަހުގައި ދެ ބޯ އިންނަނީ ފެންގަނޑު ތަޣައްޔަރުވުމުގެ ސަބަބުން އުފެދުމުގައި އުނި ސިފަތަކެއް ހުރުމުންނެވެ.

އެހެންނަމަވެސް ސައިންވެރިން ދެކޭގޮތް ތަފާތެވެ. އެގޮތުން މި އޭޝިއަން ކާޕު ބަލާ ބެލުމަށް ސިއްހަތު ރަނގަޅު ކަމަށާއި، ސައިޒުގެގޮތުންވެސް ބޮޑުކަން ސައިންވެރިން ފާހަގަކުރެއެވެ. އަދި ފެންގަނޑު ތަޣައްޔަރުވުމުން ހެދިބޮޑުވުމަށް ދިމާވާ ކަންތައްތަކާއި އެކު މަސްތައް ސައިޒުގެ ގޮތުން އެހާ ބޮޑު ނުވާނެ ކަމަށާއި، އަވަހަށް މަރުވެސް ވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ފޮޓޯ އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި މިމަހުގެ ދެ އަނގައާއި ދެ ލޯ ހުރެއެވެ. ބައެއް މީހުން ދެކޭގޮތުގައި އޭގެ ދެވަނަ އަނގަ އަކީ ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އުފެދިފައިވާ ބާގަނޑެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!