މަސްވެރިކަމާއި ގުޅޭ

viber_image_2022-09-22_13-49-10-824

މިފްކޯއިން އައިސްޕްލާންޓްތައް ހިންގުމަށްވުރެ މާ ރަނގަޅަށް ފެނަކައިން އެކަން ކުރާނެ ކަމަށް ގަބޫލު ކުރަން: ފައުޒީ

މިފްކޯއިން އައިސްޕްލާންޓްތައް ހިންގުމަށްވުރެ މާ ރަނގަޅަށް ފެނަކައިން އެކަން ކުރާނެ ކަމަށް ގަބޫލު ކުރާ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ފައުޒީ މިހެން ވިދާޅުވީ، މިފްކޯގެ ދަށުން ހިންގަމުން ދިޔަ 13 އައިސްޕްލާންޓެއް ފެނަކައާ ހަވާލު ކުރުމަށް އިއްޔެ ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ތެލަށް އަންނަ ބަދަލާއެކު، އައިސްޕްލާންޓްތައް ހިންގުމަށް މިފްކޯއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަން ފާހަގަ ކުރައްވައި ފައުޒީ ވިދާޅުވީ، މިފްކޯގެ މަސައްކަތުގެ 70 ޕަސެންޓއަކީ ތެލުން ހިންގާ އޮޕަރޭޝަން ކަމަށްވުމާއެކު އައިސްޕްލާންޓުތައް ފެނަކައާ ހަވާލުކުރުމުން އެ ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި މަސްވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"ފެނަކަ އެމްޑީގެ ޓީމުން ޒަމާނީ އިންޖީނުގެތަކަށް މި ގެންނަ ބަދަލުތަކާއެކު، އަޅުގަނޑު ގަބޫލު ކުރަނީ މިފްކޯއިން އައިސްޕްލާންޓްތައް ހިންގުމަށްވުރެ މާ ރަނގަޅަށް އެކަން ކުރާނެ. ސަބަބަކީ އަޅުގަނޑުމެންވެސް މިހާރު ޖަނަރޭޓަރު ހިންގައިން އައިސްޕްލާންޓްތައް އޮޕަރޭޓު ކުރަނީ. އެހެންމަ ފެނަކަ އިންޖީނުގެއާ ގުޅާލެވިއްޖެއްޔާ އަޅުގަނޑަށް ހީވަނީ، މަސްވެރިންނަށްވެސް މިއަށްވުރެ ރަނގަޅު ޚިދުމަތެއް ނުހުއްޓި ދެވިގެން ދާނެ ކަމަށް،" ފައުޒީ ވިދާޅުވިއެވެ.

މިފްކޯއިން ހިންގި 13 އައިސްޕްލާންޓް ފެނަކައާއި ހަވާލުކޮށް، "ފެނަކަ އައިސް" އެޕްލިކޭޝަން އިފްތިތާހު ކޮށްފި

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ވަނީ މަސްވެރިކަމުގައި އައިސް ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، މިފްކޯއިން ފާއިތުވި އަހަރުތަކުގައި މަސްވެރިކަމަށް ކޮށްދެއްވާފައިވާ ޚިދުމަތައްޓަކައި މިނިސްޓްރީގެ ނަމުގައާއި ސަރުކާރުގެ ނަމުގައި ޝުކުރު އަދާ ކުރައްވާފައެވެ.

ނަމަވެސް ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގައި ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންްފުންޏަށް ވެފައި، އައިސް އުފެއްދުމަށް ބޭނުންވާ މައިގަނޑު ދެ ވަޞީލަތް ކަމުގައިވާ ފެނާއި ކަރަންޓު އުފެއްދުމުގެ މަސައްކަތަކީ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައި ފެނަކައިން މިހާރުވެސް ކުރަމުން އަންނަ މަސައްކަތަކަށް ވުމުން އެންމެ އަގުހެޔޮކޮށް (ނުވަތަ އެފިޝަންޓްކޮށް) ރާއްޖޭގައި އައިސް އުފެއްދޭނީ ފެނަކައަށް ކަން މިނިސްޓަރ ޑރ ޙުސައިން ރަޝީދު ޙަސަން ފާހަގަ ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!